ޚަބަރު

މަހަށް ގޮސްހުއްޓާ ސްޓްރޯކެއް ޖެހިގެން މީހަކު ނިޔާވެއްޖެ

މަހަށް ގޮސްހުއްޓާ ސްޓްރޯކެއް ޖެހިގެން ތިނަދޫއަށް ގެނައި މަސްވެރިޔާ ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ ތިނަދޫ މަސްދޯންޏެއް ކަމުގައިވާ ” ވޭވް ” ދޯނީގެ ފަޅުވެރިއެއް ކަމުގައިވާ އަހުމަދު ހަސަން އެވެ.

އެމީހާ ތިނަދޫއަށް މިއަދު ގެނެސްފައިވަނީ ދޯނީގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން އެމްއެންޑީއެފްގެ ސަދާން އޭރިއާގެ އެހީތެރިކަމާއި އެކު ސީ އެމްބިއުލާންސްގައެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި އެމީހާ ތިނަދޫއަށް ގެނައިއިރުވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބިފަިއިވެއެވެ.

ސްޓްރޯކް ޖެހުމަކީ މުޅި ހަށިގަނޑުން ނުވަތަ ހަށިގަނޑުގެ ބަޔަކުން ބާރުކެނޑޭ ބައްޔެކެވެ. ލޭމައްޗަށް ދިއުމުގެ ސަބަބުން ސިކުނޑީގެ ލޭހޮޅިއެއް ފެޅުން ނުވަތަ ބެދުމުން ދިމާވާ މައްސަލައެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close