ޚަބަރު ދަރަނިން ދަރަނި އަދާކޮށްކޮށް ، އިޤްތިޞާދު އަލުން އިޔާދަނުކުރެވޭ ހާލަތަށް ރާއްޖެ ހިނގައްޖެ – ޣައްސާން

ދަރަނިން ދަރަނި އަދާކޮށްކޮށް ، އިޤްތިޞާދު އަލުން އިޔާދަނުކުރެވޭ ހާލަތަށް ރާއްޖެ ހިނގައްޖެ – ޣައްސާން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދަރަނިން ދަރަނި އަދާކޮށްކޮށް ، އިޤްތިޞާދު އަލުން އިޔާދަނުކުރެވޭ ހާލަތަށް ރާއްޖެ ހިނގައްޖެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް ބަހުސްގައި  ވާހަކަ ދައްކަވަމުންނެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް ބަހުސްގައި ގައްސާން ވަނީ ބަޖެޓުގައި ޖަހާފައިވާ އަދަދުތަކާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ޣައްސާން އެންމެ ބޮޑަށް ފާހަގަ ކުރެއްވި ކަމަކީ ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށް ދިއުމެވެ. މިހާރު ދަރަނިތައް އޮތް މިންވަރާއި، ކުރިން ހުރި ދަރަނިތައް ނުދައްކައި މަޑު ޖެއްސުމުން ދަރަނިތައް ދެއްކުމަށް، ބޮޑު އިންޓަރެސްޓުގައި ލީނުތައް ނަގައި އިތުރަށް ދަރަނިވެރިވާކަމީ ރާއްޖޭގެ އިޤްތިޞާދަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ޣައްސާން ވިދާޅުވިއެވެ.

ނުލިބޭ އާމްދަނީއަކުން އަބަދުގެ އަބަދަކަށް ޚަރަދެއް ނުކުރެވޭނެ. އެއީ ނަގާ ދަރަނި އެއީ ދައްކަންޖެހޭ އެއްޗަކަށްވަތީ. މިހާލަތުގައި ކަން ކުރަން ޖެހިފައި މިވާ ގޮތަކީ ކުރިން ނަގާފައިވާ ދަރަނިތައް ކުދި އިންޓަރެސްޓް ރޭޓުގައި ނުދެއްކި ޑީފޯލްޓް ވުމުގެ ސަބަބުބް، އެދަރަނި އަނބުރާ ދެއްކުމަށް އަލުން ނަގަން ޖެހެނީ ދަރަންޏެއް. އެއަށްވުރެ ބޮޑު އިންޓަރެސްޓް ރޭޓުގައި. މިކަން ތަކުރާރުކޮށް ތަކުރާރުކޮށް ކުރުމުގެ ސަބަބުން ކޯސްޓް ފައިނޭންސްިންގަ މިއުފެދޭ ގެޕް އާމްދަނީ ފޫ ނުބެއްދޭ ކަމުގައި ވަންޏާ ދަރަނި ދާނީ ބޮޑުވަމުން ބޮޑުވަމުން. ޣައްސާން

މިއަހަރަށް ދައުލަތުން ލަފާކުރި ބަޖެޓުން އިތުރަށް ޚަރަދުވެ ސަޕްލިމަންޓްރީ ބަޖެޓެއްގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާގެ ބެޖެތެއް ހުށަހަޅާފައިވާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި މިހާރު ދައުލަތުގެ ޖީޑީޕީގެ ނިސްބަތް ހުރި މިންވަރަށް ބަލާއިރު ރާއްޖޭގެ އިޤްތިޞާދު އަލުން އިޔާދަ ނުކުރެވޭ ހިސާބަށް ގޮސްދާނެކަމުގެ ބިރު އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ބަޖެޓް ހުށަހަޅަމުން ވިދާޅުވި ޖީޑީޕީއަށް ދަރަނި ޖެހޭ ނިސްބަތް އޮތީ، 2018 ވަނަ އަހަރު ނޮވެންބަރު 50 ޕަސެންޓްގައޭ. އަދި މިހާރު މިއަދަދު އޮތީ 122 ޕަސެންޓުގައިކަމަށް. މިއީ ވަރަށް ބޮޑު ތަނުން އިތުރުވުމެއް. މިކަމާއި ކަންބޮޑުވުން އޮތް ހާލަތުގައި، މިއަހަރުގެ ބަޖެޓް ހުސްވެގެން 2.2 ބިލިޔަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް އޮތީ ހުށަހަޅާފަ. މިއަދު އިޤްތިޞާދު މިފެންނަނީ، އަލުން އިޔާދަ ނުކުރެވޭ ވަރަށް ދާތަން. – ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވަނީ އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ ހިސާބުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރާ ޓުވަރިޒަމްގެ ދާއިރާގެ ހިސާބުތައްވެސް އެއްވެސް އަމާޒެއް ނެތި އަދަދުތަކެއް ޖަހާފައިވާކަމީ ވިސްނަން ޖެހޭކަމެއްކަމަށެވެ. އަދި މިއީ ކޮމެޓީ މަރުހަލާގައި ބަދަލުތަކެއް އަންނަންޖެހޭ ކަންތައްތަކެއްކަމަށް ޣައްސާން ވަނީ ފާހަގަ ކުރައްވާފައެވެ.

ޓެގް

ޣައްސާން މަޖްލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.