ޚަބަރު

ފޭސްބުކުން ނަޝީދަށް އިންޒާރުދިން މީހާގެ މައްޗަށް ދައުވާ އުފުލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ ރާއްޖެ ވަޑައިގެންފި ނަމަ “ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް ހަދާނެ” ކަމަށް ބުނެގެން ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މި މައްސަލައާއި ގުޅިގެން ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ރ. މީދޫއިން ހައްޔަރުކޮށްފައިވަނީ، މުރުން 40 އަހަރުގެ އިސްމާއިލް ޔާސިފް އެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިއްމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރި ފަހަރެއްގައި، ކޯޓްގައިވެސް ރައީސް ނަޝީދަށް އިންޒާރުދިނުމުން ކޯޓުގެ ހުުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅާ އޭގެ އަދަބެއްގެ ގޮތު، 15 ދުވަހުގެ ޖަލުގެ ހުކުމެއް އިއްވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ އިސްމާޢީލް ޔާފިސް، ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިޢުކޮށް، 2020 ވަނަ އަހަރުން ފެށިގެން އިސްމާޢީލް ޔާފިސް ބޭނުންކުރާ ސޯޝަލް މީޑިއާގެ އެކި ޕްލޯޓްފޯރމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓްތައް ކޮށްފައިވާ މައްސަލައިގައި 3 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

އެއީ, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ.

ރައީސް ނަޝީދަށް ޔޫސުފް އިންޒާރު ދިނީ، މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލާ އާއި ގުޅިގެން ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެން ހުންނަވަނިކޮށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close