ޚަބަރު

ގިނައަދެއްގެ މަސްތުވާތަކެއްޗާ އެކު އެއާޕޯޓުން 2 މީހަކު ހައްޔަރުކޮށްފި


ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެއްޗާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 2 މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކުރީ ބްރެޒިލް އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ.

އެއީ އުމުރުން 28 އަހަރުގެ ކްރިސްޓިއާނޯ ސިލްވާ ކިޔާ މީހަކާއި އަދި އުމުރުން 37 އަހަރުގެ ނައިރު ނޫނޭސް ޑިސޫޒާ ކިޔާ މީހެކެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައެވެ. ނައިރުގެ ބަންދަށް 7 ދުވަސް އަދި ކްރިސްޓިއާނޯގެ ބަންދަށް 15 ދުވަސް ޖެހި އިރު އެ ދެ މީހުން ވެސް ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބަލައިފައެވެ.

މީގެ ކުރިން ވެސް ބްރެޒިލް އިން ރާއްޖެއަށް އައި މީހުން އެއާޕޯޓުން މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރިއެވެ.

އެގޮތުން އޮގަސްޓު މަހު އުމުރުން 31 އަހަރުގެ އަންހެނަކު ތިން ކިލޯގެ ކޮކެއިންއާ އެކު އަދި 29 އަހަރުގެ އަންހެނަކު 16 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close