ޚަބަރު ދިރާގު އޭ. ޑީ. އެސް. އެލް އިން ހައި ސްޕީޑް ފައިބަރ ޚިދުމަތަށް ހިލޭ ބަދަލު ކޮށްލައްވާ!

ދިރާގު އޭ. ޑީ. އެސް. އެލް އިން ހައި ސްޕީޑް ފައިބަރ ޚިދުމަތަށް ހިލޭ ބަދަލު ކޮށްލައްވާ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިރާގުން އެ ކުންފުނީގެ އޭ. ޑީ. އެސް. އެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ހިލޭ ދިރާގު ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް ބަދަލު ކުރުމަށް ކުރިއައްގެންދިޔަ ޚާއްސަ ޕްރޮމޯޝަންގެ މުއްދަތު 31 ޑިސެމްބަރު 2021 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މިއީ އެޑީއެސްއެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކާ ހިލޭ ގުޅައިލެވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސެ ހިލޭ ލިބިގެންދާނެއެވެ. އޭ. ޑީ. އެސް. އެލް ކަސްޓަމަރުން ފައިބަރ އަށް އަޕްގްރޭޑް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ މައިއެކައުންޓްwww.dhiraagu.com.mv/ocs  މެދުވެރިކޮށް ފަސޭހަކަމާއެކު ކޮށްލެވޭނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ ގިނަ އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ %80 މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ. މީގެ ތެރޭގައި 65 ރަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިމެނެއެވެ. 

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޚިދުމަތްތައް ތައާރަފުކުރުމަށެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/3EFWCCm

ޓެގް

ހައިސްޕީޑް ދިރާގު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.