ޚަބަރު

އެއްވެސް ޚަރަދަކާނުލައި ދިރާގު ޓީވީ ގުޅާލަން ރަނުގެ ފުރުސަތެއް!

ރާއްޖޭގެ އެންމެ ފުޅާދާއިރާ އަކަށް ޑިޖިޓަލް ޓީވީ ފޯރުކުށްދެމުންދާ ދިރާގު ޓީވީ އަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް މިވަނީ ހުޅުވާލާފައެވެ. އެގޮތުން މިހާރު މި ކުރައިށްދާ ޕޮރޮމޯޝަންގެދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް 30 ނޮވެމްބަރ 2021 ގެ ކުރިން ދިރާގު ޓީވީގެ ޚިދުމަތައް އެދިލައްވައިގެން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ. 

އަދި މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަންގަވާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބިގެންދާނެއެވެ. މީގެ އިތުރުން، ސްޓާރޓަރ ޕެކޭޖުން މަތި ކޮންމެ ޕެކޭޖެއް ނަންގަވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި އ10 ފަރާތަކަށްއެ ކަސްޓަމަރުގެ ޕެކޭޖުގެ 6 މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބިގެންދާނެއެވެ.


އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސްޓަރ ނެޓްވޯކުގެ ޑްރާމާ އަދި އެންޓަޓެއިންމަންޓް ޗެނެލްތައް، ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯރޓްސް ޗެނަލްތައް، މަޤުބޫލު ފެކްޗުއަލް އެންޓަޓެއިންމަންޓް ޗެނަލްތައް ކަމަށްވާ ހިސްޓްރީ ޗެނަލް އަދި ޑިސްކަވަރީގެ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯރކް އަދި އެޗު.ޖީ.ޓީ.ވީ ޗެނަލް، ހޮލީވުޑްގެ މަޤްބޫލު ފިލްމު ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް، އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ. ކޮލިޓީ، ޗެނަލްތަކުގެ އަދަދު އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %77 ގޭބިސީއަށް ދިރާގުޓީވީގެ ޚިދުމަތް މިހާރު ވަނީ ފޯރުކޮށްދެވިފައެވެ.

ދިރާގުޓީވީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެން ް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށެވެ.

ދިރާގު ޓީވީއާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/3ahTYVY

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close