ޚަބަރު ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާއެކު 10 މީހަކު ހައްޔަރުކޮށްފި

ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާއެކު 10 މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފާއިތުވި 24 ގަޑިއިރު ތެރޭގައި ފުލުހުން ހިންގި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރުކޮށްފިއެވެ.

ކަމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ފައިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ފުލުހުންގެ ހިންގި މި އޮޕަރެޝަނެއްގައި 100 ކިލޯގެ ޑްރަގު ހޯދާފައިވާކަމަށެވެ. މި އޮޕަރޭޝަންގައި ހޯދާފައިވަނީ ޑްރަގުގެ ބާވަތެއް ކަމުގައި ހެރޮއިންކަމަށް ސީޕީ ވިދާޅުވިއެވެ.

މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު (ޑީއީޑީ) އާއި މެރިން ޕޮލިހާއި ފޮރެންސިކްސް އަދި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރު ކުރި 10 މީހުންނާއެކު ބަލާފާސް ކުރި 10 ތަނަކުން 100 ކިލޯގެ ޑްރަގު ފެނިފައިވެއެވެ. މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ޓެގް

މޯލްޑިވްސް ޕޮލިސް ސާވިސް މަސްތުވާތަކެތި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.