ޚަބަރު އެޗްއާރުސީއެމްގެ މެންބަރުކަމަށް ސަމާއު އައްޔަން ކުރައްވައިފި

އެޗްއާރުސީއެމްގެ މެންބަރުކަމަށް ސަމާއު އައްޔަން ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އައްޔަންކުރައްވައިފިއެވެ.

އެކަމަަނާ މި މަޤާމަށް އައްޔަންކުރެއްވީ މިއަދު މެންދުރު ކުރިން ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެކަމަނާވަނީ މަޤާމުގެ ލިޔުމާއި ޙަވާލުވެލައްވާ މެންބަރުކަމުގެ ހުވާ ކުރައްވައިފައެވެ. ހުވާ ލައިދެއްވާފައިވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ.

އެކަމަނާ ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް މެލްބަން އިން މާސްޓަރ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލް ކުރައްވާފައެވެ.

އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ވަނީ މީގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އެއީ 2015 ވަނަ އަހަރުން ފެށިގެން ސްޓޭޓް އެޓަރނީ ކަމާއި ސީނިއަރ ސްޓޭޓް އެޓަރނީގެ މަޤާމު ފުރުއްވާފައެވެ.

އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އެޓޭޗެއްގެ މަޤާމުވެސް 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި ދެމެދު ފުރުއްވާފައިވެއެވެ. އަދި އެކަމަނާއަކީ އ.ދ.ގެ ޔޫ.އެން.ސީ.އޭ.ސީީ އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ޓީމުގެ މެންބަރެކެވެ.

މީގެ އިތުރުން އެކަމަނާވަނީ އިންސާނީ ޙައްގުތަކާއި ބެހޭ އެތަކެއް ވޯކްޝޮޕްތަކާއި ސެމިނަރތަކުގައި ބައިވެރިވެލައްވާފައެވެ.

ޓެގް

އެޗްއާރުސީއެމް ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.