ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާއްމު މަޖިލީހުގައި މިރޭ ތަގުރީރު ކުރައްވަނީ


ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާއްމު މަޖިލީހުގައި މިރޭ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ތަޤުރީރު ކުރައްވާނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ފަހު ކަމަށް އދ.ގެ އާއްމު މަޖިލީހުންވަނީ ހާމަކޮށްފައެވެ.

ރައީސް ސޯލިހް އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވާނީ މިރޭ ރާއްޖޭ ގަޑިން 18:30 ގައެވެ. އެމަނިކުފާނު މިރޭ ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ ދިވެހިބަހުންނެވެ. އދ.ގެ ހުރިހާ ބައްދަލުވުމެއްގައި ވެސް ވާހަކަދައްކަވާ ބޭފުޅަކު ބޭނުން ބަހަކުން ވާހަކަ ދެއްކުމުގެ ފުރުސަތު އޮވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ޤައުމު ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެއެވެ.

އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަޤާމު މިފަހަރު ދިވެހިރާއްޖޭގެ ފަރާތުން ފުރުއްވަމުން ގެންދަވާކަމީ ރާއްޖެ އދ އާ ގުޅުނުތާ މިވީ ދިގުތާރީޚުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close