ޚަބަރު އަސްލަމަށް ވަޑައިގެންނެވުނީ ރަނގަޅަށް ތައްޔާރުނުވެ ކަމަށް އެއްބަސްވެއްޖެ

އަސްލަމަށް ވަޑައިގެންނެވުނީ ރަނގަޅަށް ތައްޔާރުނުވެ ކަމަށް އެއްބަސްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް އާއި ކުރެވުނު ސުވާލުތަކަށް އަކަށީގެންވާ ގޮތެގައި ޖަވާބު ނުދެއްވެވުމުން ، މިއަދު މަޖްލީހަށް ވަޑައިގެންނެވުނީ ރަނގަޅަށް ތައްޔާރުނުވެކަމަށް ވިދާޅުވެއް އެކަމަށް އިއުތިރާފްވެ ވަޑައިގެންފިއެވެ.

އަސްލަމަށް ސުވާލު ކުރަން ފެށިއިރުވެސް ބައްދަލުވުމަކަށް ދާންޖެހޭތީ ސުވާލު ކުރުމަށް ދީފައިވަނީ 30 މިނިޓްގެ ވަގުތެކެވެ. މިވަގުތުގެ ތެރޭގައި މަޖިލީހުގެ އެކި ދާއިރާތަކަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ކުރެއްވި ސުވާލުތަކަށް އަސްލަމަށް ޖަވާބެއް ނުދެވި، ވިދާޅުވަމުން ގެންދެވީ އެކަށީގެންވާ ވާރަށް މިއަދު ތައްޔާރުވެވިފައި ނުވާކަމަށެވެ.

އަސްލަމްގެ ޖަވާބުތަކައި ގުޅިގެން ގިނަ މެމްބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ވެފައެވެ. މެމްބަރުން ވަނީ މަޖިލީހަށް ވަޑައި ގަންނަވަން 14 ދުވަހުގެ މުއްދަތެއް ދުރާލައި ލިބޭއިރު، މަޖިލީހަށް ވަޑައިގެން ޒިންމާދާރުކަން ކުޑަކޮށް ޖަވާބު ދެއްވުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވެސް އޮންނަނީ އެދުވަހު ކުރެވޭ ސުވާލުތަކުގެ އިތުރުން ދެން ސުވާލު ކުރަންޖެހޭނީވެސް ގުޅުންހުރި ސުވާލުތައްކަމަށް ވިދާޅުވެ، މެމްބަރުން ކުރެއްވި ސުވާލުތައް ކަމުނުދާކަމަށް ވިދާޅުވެފައެވެ. މީގެ ކުރިންވެސް އަސްލަމް މަޖިލީހަށް ވަޑައިގެން އެކަށީގެންވާ ވަރާއި ގާތަށްވެސް ސުވާލުތައް ޖަވާބު ނުދެއްވޭތީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފާޑުކިޔުންވެސް ރިޔާސަތުގައި އިންނަވައި އަސްލަމަށް ކުރިމަތިވެފައިވެއެވެ.

މިއަދުރުގައި އަދިވެސް ގިނަ ފަހަރުތަކެއްގެ މަތީން އަސްލަމް މަޖިލީހަށް ހާޒިރުގެ ސުވާލުތަކަށް ޖަވާބު ދެއްވަން ތާވަލް ވެފައި އޮތުމުން، މަޖިލީހަށް ވަޑައި ގަންނަވާއިރު ތައްޔާރުވެގެން އައުމަށް މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲ ވަނީ ދަންނަވާފައެވެ.

ޓެގް

މަޖްލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.