ޚަބަރު

ނިއުޒިލެންޑުގައި ޑެލްޓާ ވޭރިއެންޓު އާދަޔާޚިލާފަށް ފެތުރެނީ ، ހާލަތު ވަރަށް ގޯސް!

ނިއުޒިލެންޑުގައި ޑެލްޓާ ވޭރިއެންޓު އާދަޔާޚިލާފަށް ފެތުރެމުންދާތީ އެޤައުމުގެ ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީގެ 10 ދުވަސްކުރިން ކޮވިޑުގެ ޑެލްޓާ ވޭރިއެންޓަށް މީހަކު ޕޮޒިޓިވްވުމަށް ފަހު، މުޅި ގައުމު ލޮކްޑައުންކޮށްގެން ތިބި ނިއުޒިލެންޑަށް މި ދުވަސްވަރު ދިމާވެފައި ވަނީ ކޮވިޑުގެ ހާލަތު ފެށުނީއްސުރެވެސް އެންމެ ނުރައްކާތެރި ރާޅެވެ. އެގޮތުން، 10 ދުވަހުގެ ތެރޭގައި އެ ގައުމުން ޖުމްލަ 347 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑު ފެތުރެން ފެށުމުން މިދިޔަ އަހަރުގެ މާރިޗު މަހު ބޯޑަރު ބަންދުކުރުމަށް ފަހު، އެ ގައުމުގައި ގެންގުޅެމުން ދިޔައީ ”ޒީރޯ ކޮވިޑް“ ޕޮލިސީއެކެވެ. އަދި އެ ގައުމުގެ ރައްޔިތުން އުޅެމުން ދިޔައީ ބަލިމަޑުކަން ފެށުމުގެ ކުރިންވެސް އުޅެމުން ދިޔަ ދިރިއުޅުމެވެ.

އެހެން ނަމަވެސް މިހާރު ހާލަތު ގޯސްވެފައި އޮތް މިންވަރުން، އެ ޕޮލިސީ ދޫކޮށްގައި، ކޮވިޑާއެކު އާ އާންމުހާލަތަކަށް ދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގެ އިޝާރާތެއް އެ ގައުމުގެ ކޮވިޑް ރެސްޕޮންސް މިނިސްޓަރު ވަނީ ދެއްވާފައެވެ. އެހެން ނަމަވެސް، އެކަން އަދި ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ.

ބަލިމަޑުކަން ފެށުނީއްސުރެވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އައި ނިއުޒިލްނެޑަކީ ކޮވިޑު ކޮންޓްރޯލް ކޮށްފައި އޮތް މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. މިހާތަނަށް އެ ގައުމުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 3،000 އެއްހާ މީހުންނެވެ. މިއީ އެހެން ގައުމުތަކާ އަޅާބަލައިރު ވަރަށް މަދު އަދަދެކެވެ. އެހެން ނަމަވެސް އެ ހާލަތު ބަދަލުވުން އެކަށީގެންވާކަމަށް އެ ގައުމުގު ސިއްހީ މާހިރުން ދަނީ ބުންމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close