ޚަބަރު މަންދީރާ ބޮޑުބެރު ގުރޫޕުން މަޝްހޫރުވި މާއު ނިޔާވެއްޖެ

މަންދީރާ ބޮޑުބެރު ގުރޫޕުން މަޝްހޫރުވި މާއު ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަންދީރާ ބޮޑުބެރު ގުރޫޕުން ގިނަ ބަޔަކަށް ތައާރަފުވި ޙުސެއިން ސަމާއު (މާއު) ރޭ ނިޔާވެއްޖެއެވެ.

ރޭ އިރާކޮޅު ވިލިމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވި މާއު އަކީ ތެލެސީމިއާ ބަލި ހުންނަ ޒުވާނެކެވެ. އޭނާ ނިޔާވި ސަބަބެއް ސީދާ ނޭނގެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާއު ނިޔާވިއިރު އޭނާގެ އުމުރަކީ 22 އަހަރެވެ.

މާއު އެންމެ ފަހުން ލޭ އެޅީ މިދިޔަ ހަފުތާގައެވެ.

ހއ.ކެލަ އަށް ނިސްބަތްވާ މާއުއަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ރޮނގުން ކުރިއަށްދިޔަ ހިތްވަރުގަދަ ޒުވާނެކެވެ. އޭނާ މަންދީރަ ބޮޑުބެރު ގުރޫޕްގައިވެސް އުޅުނީ ފޮޓޯ ނެގުމާއި، ވީޑިއޯ ހެދުމުގެ ބައިގައެވެ. އަދި ސޯޝަލް މީޑިއާގައި އެތަކެތި ދައުރުކުރުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ.

މާއުގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

ޓެގް

ނިޔާވުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.