ރައީސް ނަޝީދަށް މަރުގެ އިންޒާރު ދޭ ދިނުން ހުއްޓުވަންޖެހޭ – ޑރ.ޝަހީމް
ރައީސް ނަޝީދަށް މަރުގެ އިންޒާރު ދޭ ދިނުން ހުއްޓުވަންޖެހޭކަމަށާޢި، ރާއްޖޭގެ ފަސްގަނޑަކީ ހަމައެއް ލަމައެއްނެތި މީހުންގެ ފުރާނަ ދުއްވައިލަން އިންޒާރުދެވޭ ތަނަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ، ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހަދައިލި ގޮތް ހަދައިލާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިން މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.
ރައީސް ނަޝީދަށް އިންޒާރު ދިން މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ނަޝީދަށް މަރުގެ އިންޒާރުދިނުން ހުއްޓުވަންޖެހޭ ކަމަށެވެ.
ރާއްޖޭގެ ފަސްގަނޑަކީ ހަމައެއް ލަމައެއްނެތި މީހުންގެ ފުރާނަ ދުއްވައިލަން އިންޒާރުދެވޭ ތަނަކަށް ވެގެން ނުވާނެކަން ހާމަ ކުރަށްވަމުން ޑރ. ޝަހީމް ވިދާޅުވީ ފުރާނައާއި، ލެޔާއި މުދަލަކީ އިސްލާމްދީނުގައި ހުރުމަތްތެރިކުރައްވާފައިވާ ކަންކަންކަމަށެވެ.
ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކު މިއަދު ހައްޔަރުކޮށްފައި ވާއިރު ހަރުކަށި ފިކުރުގެ ބަޔަކު އަޑީގައި ތިބެގެން އެމަނިކުފާނު އަވަހާރަކޮށްލަން ބޮމުގެ ހަމަލާ އެއް ވެސް މިދިޔަ މޭމަހު ވަނީ ދީފައެވެ. އެހަމަލާގައި ރައީސް ނަޝީދުގެ ހަށިކޮޅު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންފައެވެ.
ފޭސްބުކްގައި ރައީސް ނަޝީދަށް މަރުގެ އިންޒާރު ދީފައިވަނީ އިސްމާޢީލް ޔާފިސް ބިން މުޙައްމަދު ކިޔާ އައިޑީއަކުންނެވެ.
ފުލުހުންގެ އިދާރާއިން ބުނީ ރައީސް ނަޝީދަށް އިންޒާރުދިން މައްސަލައާއި ގުޅިގެން 40 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު ޢަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ މިއަދު ރ. މީދޫއިންނެެވެ. ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



އަޅުގަންޑުގެ(ހިތައްއަރަނީ(ސޭހޭތިކިޔާއިމުރާނު.އެއީކޮއްކަހަލަދެފުއްކެހެރިއިންސާނެއްބާއޭ.އެހެއްބުނައްމިއްސާޖެހުނީސޭހުއިމުރާނު!ޖަލްސާތަކުގައްޔާއި(ކޯޑިއަމްތަކުގަ.