ބަރުލަމާނީ ޕެޓިޝަންގައި މަޖިލީހުގެ 13 މެމްބަރަކު މިހާތަނަށް ސޮއިކުރައްވައިފި
ރައްޔިތުންގެ މަޖްލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންމިހާރު ފައްޓަވައިފައިވާ ޕެޓިޝަންގައި މަޖިލީހުގެ 13 މެމްބަރަކު މިހާތަނަށް ސޮއިކުރައްވައިފި އެވެ.
ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް އެމްޑީޕީގެ ހަރުގޭގައި މިހާރުވެސް ދަނީ ކުރިއަށެވެ. ޕެޓިޝަންގައި ސޮއިކުރުން މިރޭ 08:00 އާއި ހަމައަށް ކުރިއަށް ދާނެކަމަށް ވަނީ މަޢުލޫމަތު ލިބިފައެވެ.
ޕެޓިޝަންގައި މިހާތަނަށް ސޮއި ކުރި މެމްބަރުންނަކީ:
- ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ،
- މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)،
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު،
- އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)،
- މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން،
- ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު،
- ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)،
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް،
- މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ،
- ވިލިފުށީ ދާއިރާގެ މެންބަރު ހުސައިން އަފީފް،
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް،
- މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު
- ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އެވެ.
ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާއިރު ރައީސް ސޯލިހު ވިދާޅުވަނީ ނިޒާމް ބަދަލުކުރުމުގެ ބާރުއޮތީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ.


