މަންދު ކޮލެޖުގެ ސެޕްޓެމްބަރު 2021 އިންޓޭކް ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި
މަންދު ކޮލެޖުގެ ސެޕްޓެމްބަރު 2021 އިންޓޭކް ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ކޮލެޖުން ހާމަކުރައްވާގޮތުގައި މިފަހަރުގެ އިންޓޭކުގައި ޖުމުލަ 37 ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އެއީ ސެޓްފިކެޓް ލެވެލް 3 ން ފެށިގެން މާސްޓާރގެ ފެންވަރުގެ ކޯސްތަކެކެވެ.
ކޯސްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާތަކަށް ބަލާލާއިރު، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖުމެންޓާއި ޓުއަރިޒަމް އެންޑް ހޮސްޕިޓާލިޓީ އާއި ޓީޗިންގ ދާއިރާގެ ކޯސްތައް ހިމެނޭއިރު ޓެކްނޮލޮޖީ ދާއިރާގެ ކޯސްތަކާއި ހިއުމަން ރިސޯސްގެ އިތުރުން އެކައުންޓިންގ ދާއިރާގެ ކޯސްތައްވެސް ހިމެނެއެވެ.
އެކޮލެޖުން ހާމަކުރައްވާގޮތުގައި، ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކޮލެޖުގެ ޑިގްރީ ޕްރޮގުރާމުތަކަށް އެޕްލައިކޮށް ކިޔެވުން ކުރިއަށް ގެންދެވޭނެއެވެ. މަންދު ކޮލެޖުން ހިންގާ ހުރިހާ ކޯސްތަކަކީވެސް އެމްކިއުއޭ ޤަބޫލުކުރާ ފެންވަރުގެ ކޯސްތަކެކެވެ.
އެކޮލެޖުން ހާމަކުރައްވާގޮތުގައި ކޯސްތަކަށް އެޕްލައިކުރެވޭނީ ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށެވެ. އަދި އިންޓޭކާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9750055 ނަންބަރު ފޯނަށްކަމަށްވެސް އެ ކޮލެޖުން ހާމަކުރައްވައެވެ.
