ޚަބަރު ރ.ދުވާފަރުން ކޮވިޑްޖެހިގެން 4 ވަނަ މީހަކު ނިޔާވެއްޖެ

ރ.ދުވާފަރުން ކޮވިޑްޖެހިގެން 4 ވަނަ މީހަކު ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރ.ދުވާފަރުން ކޯވިޑް ޖެހިގެން 4 ވަނަ މީހަކު ނިޔާވެއްޖެއެވެ. މިއަދު ނިޔާވި މީހާއާއެކު އެ ރަށުން މި ބަލީގައި ޖުމްލަ 4 މީހަކު މިވަނީ ނިޔާވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި މިރޭ 7:30 ގައި ނިޔާވެފައިވަނީ ދުވާފަރު ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 221 ވަނަ މީހާއެވެ. މީގެ ތެރޭގައި ހިމެނެނީ 202 ދިވެހިންނާއި 19 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވެ މިބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރުވަނީ ވަރަށް ދަށްކުރެވިފައެވެ. ރާއްޖެއިން މިހާތަނަށް ޖުމްލަ 77،202 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިހާރު 2541 މީހުން މިބަލީގައި ފަރުވާ ހޯދަމުން އަންނައިރު މީގެ ތެރެއިން 14 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ފަރުވާދެމުންނެވެ.

ޢީދު ބަންދާ ދިމާކޮށް މިދުވަސްވަރު ގިނަ ބަޔަކު ރަށްރަށަށް ދަތުރުކޮށްފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ޓެގް

ދުވާފަރު ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.