ޚަބަރު

ބ.ފުޅަދޫގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެ


ބ. ފުޅަދޫގައި މޫދަށް އެރި އުޅުނު ބައެއްގެ ތެރެއިން އެކަކު ގެނބިގެން ނިޔާވެއްޖެ އެވެ.

ފުޅަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެއީ އެ ރަށަށް ޗުއްޓީއަށް ގޮސް އުޅުނު ބައެއްގެ ތެރެއިން ފިރިހެނެއް ކަމަށެވެ. ނިޔާވީ މޫދަށް އެރި އުޅުނު ބަޔަކު އޮޔާ ދަނިކޮށް ސަލާމަތް ކުރަން އުޅުނު މީހެއް ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 1:10 ހާއިރު އެވެ.

ހާދިސާ ހިނގުމާއެކު އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close