ޚަބަރު

ޝައިޚް ޖައުފަރު އަވަހާރަވެއްޖެ

ރާއްޖޭގެ މަޝްޙޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ޖައުފަރު ފާއިޒު އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ޝައިޚް ޖައުފަރު ފާއިޒް އަވަހާރަވެފައިވަނީ މީގެ އިރުކޮޅެއް ކުރިން އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

ޖައުފަރު ފާއިޒަށް އައިޖީއެމްއެޗްގައި ފަރުވާ ދެއްވަމުން ގެންދަވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ހޮސްޕިޓަލްގައި ފަރުވާ ދެއްވަން ފެށީ ވެސް ކޮވިޑް-19 ގެ ރޯގާއަށް ފައްސިވެގެންނެވެ.

މާތް ﷲ މައްޔިތާގެ ފުރާނައަށް ހެޔޮރަޙުމަތްލައްވަވާ، މައްޔިތާގެ ފާފަ ފުއްސަވައި ދެއްވަވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close