ދުވަހަކު ވެސް ހަނގުރާމައަށް ސީރިޔާއަށް މީހުން ފޮނުވާފައިނުވާނެކަމަށް ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއް ސަލަފުގެ ޕްރޮޖެކްޓް މެނާޖަރ އަޚް ޢަލީ ރަމީޒު މިހެން ވިދާޅުވީ, އޭނާއަކީ ޓެރަރިޒަމަށް ހިތްވަރުދީ ހަނގުރާމައަށް މީހުން ރެކްރޫޓުކުރާ މީހެކޭ ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ކްލަބް ހައުސް މެދުވެރިކޮށް މީހަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ޢަލީ ރަމީޒް ވިދާޅުވީ ޖަމްޢިއްޔަތުއް ސަލަފުން ހަނގުރާމައަށް މީހުން ފޮނުވާ ވާހަކައާއި، ފަންޑުކުރާ ވާހަކައާއި އެ ހުންނަނީ ހައްތާވެސް ދެކެވޭހާ ވާހަކަތައް ކަމަށާއި ނަމަވެސް އެއީ ޙަޤީޤަތެއް ނޫން ކަމަށެވެ.
”އެއީ ހުސް ތުހުމަތުތަކެއް ނޫންތޯ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އަޅުގަނޑުމެން ފޯނުން ދައްކާ ހުރިހައި ވާހަކަތަކާއި، މެއިލް ތުރޫކޮށް ދެކެވޭ ވާހަކަތަކާއި، އެ ހުރިހައި ވާހަކަތައް ބަލަން ބޭނުންވާ ބަޔަކަށް ބެލޭނެ. ތި ސުވާލުގެ ޖަވާބު ވަރަށް ސިމްޕަލް. އަޅުގަނޑު ދަންނަވާނީ އަޅުގަނޑަކީ ދުވަހަކު ވެސް އެފަދަކަމެއް ކުރި މީހެއް ނޫނޭ.“
ޢަލީ ރަމީޒް އިތުރަށް ވިދާޅުވީ ސީރިއާއަށް މީހުން ނުފޮނުއްވާކަމަށް މަތިވެރި ރައްބު ގަންދީ ހުވައިކުރައްވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...