ޚަބަރު ސްޓާރލިންކްގެ އިންޓަރނެޓް ޚިދުމަތް އޯގަސްޓުމަހު މުޅި ދުނިޔެއަށް

ސްޓާރލިންކްގެ އިންޓަރނެޓް ޚިދުމަތް އޯގަސްޓުމަހު މުޅި ދުނިޔެއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްޓާރލިންކުގެ އިންޓަރނެޓް ޚިދުމަތް އޯގަސްމަހުގެ މުޅި ދުނިޔެއަށް ލިބިގެންދާނެކަމަށް ސްޕޭސް އެކްސްގެ ސީ.އީ.އޯ އެލަން މަސްކު ބުނެފިއެވެ. އެލަން މަސްކު މިހެން ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހުކަމަށް އެން.ޑީ.ޓީ.ވީ ން ރިޕޯރޓުކޮށްފައިވެއެވެ.

ސްޕޭސް އެކްސް އިން ވަނީ ހައި ސްޕީޑް ބްރޯޑް ބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް މިހާތަނަށް 1500 އަށްވުރެ ގިނަ ސެޓެލައިޓް ޖައްވުގެ ތެރެއަށް ފޮނުވާފަކަމަށް މިދިޔަ އަންގާރަ ދުވަހު މަސްކު ބުނެފައިވެއެވެ.

މިހާރުވެސް ސްޓާރލިންކްގެ ޚިދުމަތް ހޯދާ 69،000 ށްވުރެ ގިނަ ކަސްޓަމަރުން ތިބި ކަމަށް އެ ކުންފުނީގެ ވެރިޔާ އެލަން މަސްކް ވަނީ ބުނެފައެވެ. އަދި ކުރިޔަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އެ ޢަދަދު ބައި މިޔަނަށް އަރާނެކަމަށްވެސް ވަނީ ބުނެފައެވެ.

ސްޓާރލިންކްގެ ފުރަތަމަ އަމާޒަކަށް ވެފައިވަނީ އެއްވެސް ވަރަކަށް އިންޓަރނެޓްގެ ސާރވިސް ނުލިބޭ ސަރަޙައްދުތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމެވެ. އެއީ މުޅި ދުނިޔޭގެ މަދުވެގެން %5 އަށް ޚިދުމަތް ފޯރުކޮށްދިނުމުގެ އަމާޒެއްކަމަށްވެސް ބުނެފައިވެއެވެ.

މިހާރުވެސް މުހިއްމު ދެޤައުމެއްގެ ޓެލެކޮމް އޮޕަރޭޓަރުންނާއިއެކު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށާއި އެމީހުންނާއިއެކު ބޮޑަތި މަޝްވަރާތަކެއް މިހާރުވެސް ކުރެވެމުންދާކަމަށް މަސްކު ބުނެފައިވެއެވެ.

މިހާރުވެސް ތަފާތު އެތައް އަޕްގުރޭޑްތަކެއް ކުރެވެމުންދާކަމަށާއި އަންނަ އަހަރު ސްޓާރލިންކުގެ މުޅިން އައު ސެޓެލައިޓްތަކެއް ފޮނުވިގެންދާނެކަމަށްވެސް މަސްކު ވިދާޅުވިއެވެ.

ޓެގް

ސްޓާރލިން އިންޓަރނެޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.