ޚަބަރު

ބަކަރި ވިއްކާން ނުކުމެ ގަންނާނެއްބާ ގޮވުމަކީ ބަނޑަށް ޖެހުނީމައި ކުރާކަހަލަ ކަންތައްތައް – ބޮންޑާ

ގައުމުގެ ވަސީލަތްތައް ބޭނުންކުރާނެ ސިޔާސަތު އެމްޑީޕީ މެނިފެސްޓޯގައި އޮންނާނެކަމަށާއި، ދުނިޔޭގެ ބާޒާރު ހުއްޓިފައިވާ ވަގުތެއްގައި ކިރުފެލާން ގެންގުޅޭ ބަކަރީގެ ކަރުގައި ވާޖަހައިގެން ނުކުމެ ނުއަގުގައި ބަކަރި ވިއްކާން ގަންނާނެއްބާ ގޮވުމަކީ ބަނޑަށް ޖެހުނީމައި ކުރާކަހަލަ ކަންތައްތައްކަމުގައި ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު، ބޮންޑާ ވިދާޅުވެއްޖެއެވެ.

މިއަދު މަޖްލިސް ޖަލްސާގައި ބޮންޑާ ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުންދާ ބައެއް ކަންކަމަކީ ޤައުމެއް ބަނޑަށް ޖެހުނީމަ ކުރާކަހަލަ ކަންކަންކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ބޮންޑާ މިހެން ވިދާޅުވެފައި މިވަނީ ސައްތައިންސައްތަ ހިއްސާ އޮންނަ ގޮތަށް ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އެއަރޕޯޓް ހިންގޭ ގޮތަށް ސަރުކާރުން އުސޫލުތައް ބަދަލުކުރުމާއި ގުޅިގެނެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔަމުންއަންނައިރު ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެމްބަރެއްކަމަށްވާ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު، ބޮންޑާ ވިދާޅުވީ ގައުމުގެ ވަސީލަތްތައް ބޭނުންކުރާނެ ސިޔާސަތު އެމްޑީޕީ މެނިފެސްޓޯގައި އޮންނާނެކަމަށެވެ. ނަމަވެސް ދުނިޔޭގެ ބާޒާރު ހުއްޓިފައިވާ ވަގުތެއްގައި އެއަރޕޯޓެއް ބޭރުގެ ފަރާތަކަށް ވިއްކާލުމަކީ ބަނޑަށް ޖެހުނީމައި ކުރާކަހަލަ ކަންތައްތައްކަމަށް ބޮންޑާ ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް ގެނައި އިސްލާހުގައިވާ ގޮތުން 100 ޕަސެންޓް ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެއެވެ. އަދި އެ ފުރުސަތު ލިބޭނީ 5 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށްވެސް ވަނީ ބުނެފައެވެ. މީގެ ކުރިން އެފްޑީއައި ޕޮލިސީގައި ކަނޑައަޅާފައި އޮންނަނީ 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓް ނުކުރެވޭ ގޮތަށެވެ. އެގޮތުން ކުރިން އޮންނަ ގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ އެންމެ ބޮޑުވެގެން ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

މިފަދަ އިންވެސްޓުމެންޓުތަކުން މިނިމަން އިނިޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓު ކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވާއިރު، ސަރުކާރުން ހުއްދައާއިއެކު މިފަދަ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ގިނަވެގެން 50 އަަހަރަށް ލިބޭނެއެވެ.

އެއް ކޮމެންޓް

  1. ނަސީބެއްތައް ނޫނީ ގަސްތުގަތަ ގެރިއެކޭނުބުނީ, ދަރުމަވަންތަ ހޮސްޕިޓަލްވެސް ވިއްކާލީ މިހާރުމިފާސްވީ 100 އިންސައްތަ އިންޑިޔާއަށް ލިބޭގޮތައް މިހަދާލީ ދިވެހިރާއްޖެ މިހާރު ފާހަގަ ކުރެވިފައިވަނީ ދެވަނަ ބަލާތުކާރުގައުމުގެ ގޮތުގައި އެވެެ
    ސް ވެރިން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close