ޚަބަރު ފަރުދުންގެ ޒާތީ މަޢުލޫމާތު ވިއްކަމުންދާ ޓެލެގްރާމް ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަނީ

ފަރުދުންގެ ޒާތީ މަޢުލޫމާތު ވިއްކަމުންދާ ޓެލެގްރާމް ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެތައް ބައެއްގެ ޒާތީ މައުލޫމާތު ވަގަށްނަގައިގެން ވިއްކަމުންދާ ގުރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މަޢުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ.

މަބުރޫކް ވިދާޅުވީ ކުރިއަށް ހުރި ވަގުތުތަކުގައި މި މައްސަލައިގެ އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ދިވެހި އަންހެނުންގެ ޒާތީ މައުލޫމާތާއި ފޮޓޯ އަދި ސޯޝަލް މީޑީއާގެ އެކި އެކައުންޓްތަކުގެ މައުލޫމާތު، އެ ގުރޫޕުން ދަނީ ވިއްކަމުންނެވެ.

500އަށް ވުރެ ގިނަ މީހުން ތިބި އެ ޓެލެގްރާމް ގްރޫޕް ހިންގާ މީހާގެ މައުލޫމާތުވެސް ބައެއް ފަރާތްތަކުން މިއަދު ވަނީ ހާމަކޮށްފައެވެ.

އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށްވެސް އެކަން މީގެކުރިން ވަނީ ގެނެސްފައެވެ. ނަމަވެސް މި މައްސަލައާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ޓެގް

ސައިބަރކްރައިމް ސޯޝަލްމީޑިއާ ޕޮލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.