ޚަބަރު ރައީސް ނަޝީދު ، ރައީސް ސޯލިހަށް – ކޮންކަމެއްތޯ ސިއްރުކުރައްވަން ތިޔައުޅުއްވަނީ؟

ރައީސް ނަޝީދު ، ރައީސް ސޯލިހަށް – ކޮންކަމެއްތޯ ސިއްރުކުރައްވަން ތިޔައުޅުއްވަނީ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް ނަޝީދަށް ދެވުނު ބޮމުގެ ހަމަލާއާއި ގުޅިގެން 241 ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުކުރުމާބެހޭގޮތުން އުފެދިފައިވާ ދެބަސްވުމުގެ ތެރެއިން ރައީސް ނަޝީދު ރައީސްސޯލިހަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ރައީސް ނަޝީދު ބަހުގެ މި ހަމަލާ ދެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މެދުވެރިކުރައްވައި ފޮނުއްވެވި މެސެޖެއްގައެވެ.

މި މެސެޖުގެ ސްކްރީން ޝޮޓެއް ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު، މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކި ވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރުވިޔަނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށެވެ.

“ކޮންކަމެއްތޯ ސިއްރުކުރައްވާން ތިޔަ އުޅުއްވަނީ” ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މި މޭރުމުން ވިދާޅުވެފައިވާއިރު ރައީސް ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާއާއި ގުޅިގެން 241 ކޮމިޓީއަށް އެމްއެންޑީއެފްގެ ވަކިވަކި ސިފައިން ހާޒިރު ނުކުރޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގެ މައްސަލަ ވަނީ ވަރަށް ހޫނުވެފައެވެ.

މި މައްސަލައިގާ، މަޖިލީހުގެ އިމްތިޔާޒަށް ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ހުރަސް އަޅުއްވާފައިވާކަމަށްބުނެ ރައީސް ނަޝީދުގެ ފަރާތުން މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް މައްސަލައެއް ހުށަހެޅުއްވިއެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުންގެ ވޯޓާއެކު މި މައްސަލަ އެ ކޮމިޓީން މިހާރު ވަނީ ބޭރުކޮށްލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިފެންސްމިނިސްޓަރ މާރިޔާދީދީވެސް 241 ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން މިހާރުވަނީ ނިންމާފައެވެ. މާރިޔާ ވިދާޅުވެފައިވަނީ އެކަމަނާއަށް އެކޮމިޓީއަށް ހާޒިރުވާން އަދި އަންގާފަ ނުވާކަމަށެވެ. އެންގުމުން ވަޑައިގެން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވާނެކަމަށެވެ.

ޓެގް

ރައީސްނަޝީދަށްދިންހަމަލާ ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.