ޚަބަރު ދީނަށް ކުޑައިމިސްކޮށް ގެންނަ އިސްލާޙެއްގެ އަކުރެއްވިޔަސް އަދި ފިއްޔެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށް – ޝިޔާމް

ދީނަށް ކުޑައިމިސްކޮށް ގެންނަ އިސްލާޙެއްގެ އަކުރެއްވިޔަސް އަދި ފިއްޔެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށް – ޝިޔާމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މި ސައްތައިންސައްތަ އިސްލާމީ ދަޢުލަތުގެ ދީނަށް ކުޑައިމިސްކޮށް ޤާނޫނެއްގެ މާއްދާއަކަށް ގެންނަ އިސްލާޙެއްގެ އަކުރެއްވިޔަސް އަދި ފިއްޔެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

https://www.facebook.com/shiyam.official/posts/10157967278006479

ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ އަޙްމަދު ޝިޔާމް ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިޖުމްޙޫރިއްޔާގެ ޤާނޫން އަސާސީގެ ފުރަތަ ބާބުގެ 10 ވަނަ މާއްދާގައި މިހާ ޞަރީޙަކޮށް ސާފުކޮށް ކަޅާއި ހުދުން ދެލިކުރެވިފައި އޮތްއިރު މި ސައްތައިންސައްތަ އިސްލާމީ ދަޢުލަތުގެ ދީނަށް ކުޑައިމިސްކޮށް ޤާނޫނެއްގެ މާއްދާއަކަށް ގެންނަ އިސްލާޙެއްގެ އަކުރެއްވިޔަސް އަދި ފިއްޔެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށްކަމަށެވެ.

އަދި އިސްލާމް ދީނަށް ފުރައްސާރަކުރާ މީހާ ކުށްވެރިނުވެ ފުރައްސާރަކުރާމީހާއާ ދެކޮޅަށް ބަސްބުނާމީހާ ޤާނޫނުން ކުށްވެރިކުރުމަށް މަސައްކަތް ކުރާފަރާތްތަށް އެކުރާކަމަކީ ދީނީ އެއްބައިވަންތަކަން ނަގާލާ މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފައްދާ އިސްލާމްދީނަށް ފުރައްސާރަ ކުރުންކަން ޔަޤީންކަމުގައިވެސް ޝިޔާމްގެ ޕޯސްޓްގައި ބުނެފައިވެއެވެ.  

އެފަދަ ކަންކަމަށް މިފަސްގަނޑުން ޖާގަދެވިގެން ނުވާނެ. އަދި އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ޤާނޫނުން ޢަދަބު ކަނޑައެޅި އިންސާފުގެ ކުރިމައްޗަށް ގެނައުން އަވަސްކުރުމަށްވެސް ގޮވާލަން. ޝިޔާމްގެ އެ ޕޯސްޓްގައި އިތުރަށް ބުނެފައިވެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މިހާރު މަޖިލީހަށް ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން މަޖިލީހަށް ހުށައަޅާފައިވާ އިސްލާހާ ގުޅިގެންނެވެ. ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއް ކަމުގައި ގާނޫނުލް އުގޫބާތުގައި ކަނޑައަޅަން އެދިފަ އެވެ.

މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން މަޖިލީހަށް ސަރުކާރު ފަރާތުން ހުށައަޅާފައިވާ އިސްލާހާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް އަމާޒުވެފައެވެ. ގިނަ ބަޔަކު ދަނީ މިއިސްލާހު އަބުރާ ނެގުމަށް ގޮވާލަމުންނެވެ.

ވަކިން ޚާއްޞަކޮށް ދީނީ ޢިލްމްވެރިންގެ ޓްވީޓްތައް މިކަމާގުޅިގެން ދަނީ އިތުރުވަމުންނެވެ.

ޓެގް

ނައިފަރުދާއިރާގެމެމްބަރުޝިޔާމް ޤާނޫނުއަސާސީ އިސްލާމްދީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.