ޚަބަރު

ކޮންމެ އަތޮޅަކަށް ކޮވިޑް މަންދޫބެއްގެ ގޮތުގައި މިނިސްޓަރ ލެވެލްގެ ބޭފުޅަކު ހަމަޖައްސަނީ

ކޮވިޑްގެ ކަންތައް އަތޮޅުތެރޭގައިވެސް ގޯހުން ގޯހަށް ދާތީ އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮންމެ އަތޮޅަކަށްވެސް ކޮވިޑް މަންދޫބެއްގެ ގޮތުގައި މިނިސްޓަރ ލެވެލްގެ ބޭފުޅަކު ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ ކޮންމެ އަތޮޅަކަށް ސަރުކާރުގެ އިސް ފަރާތެއް ކަނޑައަޅުއްވާއިރު، އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކޮންމެ އަތޮޅަކަށް ކަނޑައަޅުއްވާނެކަމަށެވެ.

މިބޭފުޅުން މަސައްކަތްކުރައްވާނީ ކައުންސިލްތަކާއި، ޓާސްކްފޯސްތަކާއި ގުޅިގެން އެއަތޮޅެއްގައި ކޯވިޑް19 ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި ދަތިތައް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް އަދި ކަމާއި ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވާ އަދި އެކަން ހިންގާ ނުހިނގާ ގޮތް މޮނިޓަރކުރެއްވުމަށްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ނުރައްކާތެރި ހިސާބަކަށް ދިއުމާއި ގުޅިގެން ސަރުކާރުން ވަނީ ރައްކާތެރިކަމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އަދި ފިޔަވަޅުތައް ސަލާމަތީ ހިދުމަތްތަކުން ދަނީ ތަންފީޒުކުރަމުންނެވެ.

ކޯވިޑްގެ ހާލަތުން އަރައިގަތުމަށްކުރާ މަސައްކަތަށް ޚާއްސަ މިނިސްޓްރީއަލް ކޮމިޓީއެއް ހަރަކާތްތެރިވާއިރު، އެކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ. އަދި ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްގެ ބެއްލެވުމުގެ ދަށުންނެވެ.

އެއް ކޮމެންޓް

  1. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ފަދަ ކޮވިޑް ގެ ޢިލްމުވެރިން ހަމަޖެއްސެވުން އެދެން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close