މުޅިދުނިޔެއަށް އިންޓަނެޓްގެ ބޮޑު އިންގިލާބެއް ގެނައުމަށް މަސައްކަތްކުރަމުންދާ ސްޕޭސްއެކްސް އިން ފަށާފައިވާ ސްޓާލިންކްގެ ހިދުމަތް ރާއްޖޭގައި މަނާކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ސަރުކާރުން އިންޓަނެޓްގެ ހެޔޮއަގުތައް މިއަދު އިޢުލާން ކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މިނިސްޓަރ ޝައުނާ ކުރެއްވި ޓްވީޓެއްގައި ، ގިނަދުވަސްތަކެއްވީ މި ބޮޑު މައްސަލައަށް ހައްލެއް ލިބުނީތީ މަރުޙަބާ ވިދާޅުވާކަމަށް ވިދާޅުވެ، އެކަމަނާ ވިދާޅުވީ ސްޓާލިންކްގެ ޚިދުމަތް މިރީޖަންއަށް ލިބެންފެށުމުން ރާއްޖޭގައި މަނާނުކުރައްވާނެކަމަށެވެ. އެވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.
ސްޓާލިންކް އިންޓަނެޓް ވިއުގަ އަކީ އީލޮންގެ ސްޕޭސް އެކްސް އިން ޖައްވަށް ދޫކުރާ ސެޓެލައިޓް ފައުޖެއްގެ އެހީގައި ބިނާކުރަމުން އަންނަ ވިއުގައެކެވެ. މީގެ ހިދުމަތް މިހާރު ވެސް ބައެއް ސަރަހައްދުތަކަށް ލިބެމުން އަންނަ އިރު އެމީހުންގެ އަމާޒަކީ އިންޓަނެޓްގެ ހިދުމަތް ނުލިބޭ އެއްވެސް ސަރަހައްދެއް ދުނިޔޭގައި ނުބޭއްވުމެވެ. ހާއްސަކޮށް ރަށްފުށުގެ ސަރަހައްދުތަކަށް ސްޓާލިންކްގެ ހިދުމަތް ފޯރުކޮށްދޭން ހާއްސަ އިސްކަމެއް ދޭނެ އެވެ.
ސްޓާލިންކްގެ އިންޓަނެޓްގެ ހިދުމަތަށް ފެބްރުއަރީ މަހުގެ ކުރީކޮޅު ހުޅުވައިލި އިރު، ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރެވޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކަމަށް ބޭނުންވާ އީމެއިލް އެޑްރެސް އާއި އެޑްރެސް ޖެހުމުން އެ މީހަކު ބޭނުންވާ ތަނަކަށް އިންޓަނެޓް ހިދުމަތް ލިބޭ ނަމަ އެނގޭނެ އެވެ. ހިދުމަތުގެ ޕްރީ-އޯޑަރަށް 99 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހޭނެ އެވެ. އަދި ހާޑްވެއާ އަށް 499 ޑޮލަރާއި ޝިޕިން އަށް 50 ޑޮލަރު ދައްކަން ޖެހޭނެ އެވެ.
ސްޓާލިންކިން ބުނެފައިވާ ގޮތުގައި ވިއުގަ މި އަހަރުގެ ފަހުކޮޅު އެއްކޮށް މޮބައިލްކުރެވޭނެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...