ޚަބަރު

ކޮވިޑްގައި އިތުރު މަރެއް، ޖުމުލަ އަދަދު 145 އަށް އަރައިފި

ކޮވިޑް ބަލީގައި މިއަދު ހެނދުނު އައްޑޫއިން އިތުރު މީހަކު ނިޔާވެ ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 145 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 10:20 ހާއިރު އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެފައިވާ ކަމަށެވެ.

މިއަދުނިޔާވެފައި ވަނީ އުމުރުން 91 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

މިއަދު ނިޔާވި މީހާއާއެކު، މި މަހު މިހާތަނަށް ރާއްޖެއިން 72 މީހަކު ވަނީ މިބަލީގައި ދުނިޔެދޫކޮށްފައެވެ. އަދި މިހާތަނަށް ރާއްޖެއިން ޖުމްލަ 145 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޮވިޑް ޖެހޭ މީހުންނައި، ބަލީގައި ނިޔާވާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ ސަރުކާރުން ވަނީ އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިއަދުން ފެށިގެން މާލެއޭރިޔާ އާއި، ބައެއް ރަށްރަށްވަނީ ވަކިވަގުތު ތަކެއްގައި ފުލް ލޮކްޑައުންއަކަށް ގެންގޮސްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close