ޚަބަރު

އަނެއްކާވެސް އިތުރު މަރެއް ، ކޮވިޑްގައި ޖުމުލަ 144 މަރު

މިއަދު ހެނދުނު 7:40 ގައި ކޮވިޑްގައި ނިޔާވި 89 އަހަރުގެ ދިވެހި ފިރިހެނަކާއެކު މިބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު މިވަނީ 144 އަށް އަރާފައެވެ.

ރޭ ދަންވަރު ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި ދެ މީހަކުވެސް ނިޔާވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ ރޭ ދަންވަރު 01:00 ހާއިރު ނިޔާވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 66 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ ކޯވިޑް-19ގައި ނިޔާވި 143ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި މީހާތަނަށް 144 މީހުންވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 128 ދިވެހިންނާ 16 ބިދޭސީންނެވެ.

މި ހިނގާ މެއި މަހަކީ ރާއްޖޭގައި ކޯވިޑް-19 ބަލީގައި ރެކޯޑް އަދަކަށް މީހުން ނިޔާވެފައިވާ މަހެކެވެ. މި މަސް ފެށުނުއިރު ކޯވިޑް 19ގައި ނިޔާވި މީހުންގެ އަދަދުހުރީ 62 ގައެވެ. އެއީ 54 ދިވެހިންނާ 8 ބިދޭސީންނެވެ. މިމަހުގެ މިހާތަނަށް މިލީގައި 82 މީހުން މިވަނީ ނިޔާވެފައެވެ. އެއީ 74 ދިވެހިންނާ 8 ބިދޭސީންނެވެ.

ރާއްޖޭގަ މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ނިޔާވެފައިވަނީ އިއްޔެއެވެ. އިއްޔެ އެކަނި 13 މީހުންވަނީ މިބަލީގަ ނިޔާވެފައެވެ.

ރާއްޖޭގަ މިހާތަނަށް 57،000 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ އަދަދު 24000އަށްވުރެ މައްޗެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 282 އަށް އަރާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close