ޚަބަރު

މިއަދުގެ މިހާތަނަށް ކޮވިޑްބަލީގައި 4 މަރު ، ޖުމުލަ ޢަދަދު 133 އަށް

ކޯވިޑް-19އިގައި ރޭ މެންދަމުން އަލިވެ އިރުއެރުމާއި ދެމެދުވަނީ ރާއްޖެއިން 4 މީހަކު ނިޔާވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެކެންސީ އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި ރޭ މެންދަމުގެފަހުން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 2:02 ގައި ނިޔާވި ޢުމުރުން 81 އަހަރުގެ ފިރިހެނަކާއި، 3:18 ގައި ނިޔާވި 77 އަހަރުގެ ފިރިހެނަކާއި، އަދި ފަތިހު 4:25 ހާއިރު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔާ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކާއި، މިއަދު ހެނދުނު 6:55 ގައި ނިޔާވި 93 އަހަރުގެ ފިރިހެނެކެވެ.

މިތިންމީހުންނާއެކު ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ 133 އަށް އަރާފައިވާއިރު، ކޯވިޑް ބަލީގައި އިއްޔެވެސް 6 މީހަކުވަނީ ނިޔާވެފައެވެ. މިއެންމެންނަކީވެސް ދިވެހިންނެވެ.

ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެ ރާއްޖެއިން މިހާތަނަށް 55،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ މީގެ ތެރެއިން 32،000އަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި 23،000އަށްވުރެ ގިނަ މީހުން ތިބިއިރު މީގެ ތެރެއިން 290 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close