ޚަބަރު އިންޓަނެޓްގެ އަގުހެޔޮކޮށް އާ އަގުތައް މާދަމާ އިއުލާން ކުރަނީ

އިންޓަނެޓްގެ އަގުހެޔޮކޮށް އާ އަގުތައް މާދަމާ އިއުލާން ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޓަނެޓްގެ އަގުތައް ހެޔޮކޮށް މާދަމާ އާ އަގުތައް އިއުލާން ކުރާނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އޮންލައިން ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މާދަމާ އެ އަގުތައް އިއުލާން ކުރާނީ ރައީސް އޮފީހުންނެވެ. އަދި އަގު ހެޔޮކޮށް ބޮޑު ބަދަލެއް އަންނަނީ ފިކްސް ބްރޯޑް ބޭންޑްގެ ޚިދުމަތަށް ކަމަށް އެނގިފައިވެއެވެ.

ރާއްޖޭގައި ބޭނުންކުރާ އިންޓަނެޓްގެ އަގުހެޔޮކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅަކަށްވާއިރު  އިންޓަނެޓްގެ ޚިދުމަތް ދެމުންދާ ފަރާތްތަކާ ސަރުކާރުން ބައްދަލުކޮށް އިންޓަނެޓުގެ އަގަށް ގެންނަ ސަރުކާރުން ބޭނުންވާ ބަދަލުތައް ވަނީ އެތައް ފަހަރަކު ޚިއްސާކޮށްފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެކުރިން މީޑިއާއަށް ތިލަވެފައިވާ ، ސަރުކާރުން ހުށަހެޅި ގޮތަށް ބަލާއިރު، 5 އެމްބީޕީއެސް ސްޕީޑްގައި 200 ރުފިޔާއަށް 30 ޖީބީ ދިނުމަށާއި، 15 އެމްބީޕީއެސް ސްޕީޑްގައި 500 ރުފިޔާއަށް 100 ޖީބީ ލިބޭ ގޮތް ހެދުން ހިމެނެއެވެ. އަދި 25 އެމްބީޕީއެސް ސްޕީޑްގައި 750 ރުފިޔާއަށް 200 ޖީބީ ލިބޭ ގޮތަށް ހެދުމަށްވެސް ސަރުކާރުން ހުށަހަޅާފައި ވެއެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެނީ ދިރާގާއި އުރީދޫ އަދި އާރުއޯއެލް އިންނެވެ. އިންޓަނެޓުގެ އަގު ހެޔޮ ނުވުމުގެ މައްސަލާގައި ސަރުކާރަށް ގިނަ ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރަން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގިނަ މަސައްކަތް ތަކެއް ކުރެއްވި އެވެ. ނަމަވެސް މިނިސްޓަރު ކަމުން މަލީހް ވަކިކުރި އިރުވެސް އެކަން އޮތީ ނުވެ އެވެ.

ޓެގް

އިންޓަރނެޓް ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.