ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭގޮތުން އަލްޙާން ކުރެއްވި ޓްވީޓެއްގެ މައްސަލަ ބޮޑުވެއްޖެ

ރައީސް ނަޝީދަށް ދިންހަމަލާއަކީ އެމަނިކުފާނު ދަޢުވަތު ދެއްވައިގެން ދިންހަމަލާއެއްކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއްގެ މައްސަލަ ބޮޑުވެއްޖެއެވެ.

އަލްހާންގެ ޓްވީޓްގައި ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ އެމަނިކުފާނު ދައުވަތު ދެއްވައިގެން ދިން ހަމަލާއެއް ކަމަށެވެ. އެކަމަކީ ހައްދުފަހަނައަޅާފައިވާ ބަޔަކު ތިބިކަން އެނގިވަޑައިގެން އެމީހުން ރުޅި އަރުވައިގެން ދީނީ ނުކިއްސަރު ވާހަކަ ދައްކުވައިގެން ރައީސް ނަޝީދު ކުރުވި ކަމެއް ކަމަށެވެ.

ޓްވީޓަރގެ ސްކްރީން ޝޮޓްތަކެއް / އެމްވީކްރައިސިސް

އަލްޙާންގެ ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެޓްވީޓްގެ މައްސަލަ ތަހުޤީޤު ކުރުމަށް ގޮވާލަމުންނެވެ. އެގޮތުން އެމްޕީ ހައިތަމް އާއި، ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ގިނަފަރާތްތަކުން ވަނީ އެކަމަކީ ޓެރަރިޒަމަށް ހިތްވަރުދިނުން ކަމަށް ސިފަކޮށްފައެވެ.

ރައީސް ނަޝީދަށް ދެވުނު ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިހާތަނަށް 4 މީހަކު ހައްޔަރުކޮށްފައިވާއިރު ނަޝީދުގެ ޢާއިލާއިންނާއި، އެމަނިކުފާނަށް ތާއީދުކުރައްވާ ގިނަބަޔަކު ދަނީ ފަންޑުކުރި މީހުން އަވަހަށްހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.

ސަލާމަތީ ބާރުތަކުން ޔަޤީންކަން ދީފައިވަނީ އެމައްސަލައިގެ އެންމެފުނަށް ފީނައި އަޑީގައި ތިބެ ފަންޑުކުރި މީހުންނާއި، މުޅި އެ ންޓްވޯކް ގައި ހިމެނޭ އެންމެން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close