ކޮވިޑްގައި ރާއްޖެއިން އިތުރު މީހަކު އަނެއްކާވެސް ނިޔާވެއްޖެ
ކޮވިޑް ޖެހިގެން ރާއްޖެ އިން އިތުރު މީހަކު ނިޔާވެއްޖެ ކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
މިއީ މިއަދު ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި ދެވަނަ މީހާއެވެ.
އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 80 އަހަރުގެ އަންހެނެކެވެ. އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ.
މިއީ މިމަހުގެ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި 45 ވަނަ މީހާއެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 118 އަށް އަރާފައެވެ.
