ޚަބަރު

ދަރަވަންދޫން ހައްޔަރުކުރި މީހާއަކީ ސައިކަލް ބެހެއްޓިމީހާކަމެއް ޔަޤީނެއްނޫން

ބ.ދަރަވަންދޫން ރޭ ފުލުހުން ހައްޔަރުކުރި މީހާއަކީ ރައީސް ނަޝީދު އަވާހަރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ބޭނުންކުރި ސައިކަލް އެތާންގައި ބެހެއްޓި މީހާކަމެއް ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ.

އެމީހާއާއި ބެހޭ ސާފު މައުލޫމާތު ފުލުހުން ދެއްވާނީ މިއަދު އޮންނަ ޕްރެސްގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ބ. ދަރަވަންދޫގައި ދިވެހި ފުލުހުންގެ ރޭ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އޮޕަރޭޝަނަކީ ގިނަ އަދަދެއްގެ ފުލުހުންތަކެއް ރަށަށް އަރައިގެން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު މައުލޫމާތެއް ނުދެ އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ފުލުހުން އެ ރަށުން ހައްޔަރުކޮށްފައިވަނީ އަހުމަދު ފާތިހު ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ އެ ރަށު މީހަކާ ކައިވެނި ކުރުމަށް މިދިޔަ ހަފްތާގެ ތެރޭގައި އެ ދަރަވަންދުއަށް އެރި މީހެކެވެ، އަދި އޭނާ ހައްޔަރުކުރީ ކަރަންޓީނުގައި ހުއްޓާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، ފުލުހުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. ސިފައިން ދަނީ މާލޭ ތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

ހަރުކަށި ފިކުރުގެ ވިސްނުން ފެތުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތަށް ކުރިންރޭ ވެސް ފުލުހުން ވަނީ މީހަކު މާލެއިން ހައްޔަރުކޮށްފަ އެވެ.

އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން މީގެ ކުރިން ޖަލަށްލާފައިވާ އުމުރުން 43 އަހަރުގެ އަބްދުﷲ އަލީ މަނިކު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގައި ވެސް ފުލުހުން އޮޕަރޭޝަނެއް ހިންގައި އައިއެސް ޖަމާއަތާ ގުޅުން އޮތް ހަތް މީހަކު ހައްޔަރުކޮށް ވަނީ ބަންދު ޖަހާފަ އެވެ. އޭގެ ފަހުން ކ. ގުރައިދޫއާ އިންވެގެން އޮންނަ ކުޑަ ފަޅު ރަށެއް ކަމަށްވާ ޅޮސްފުށި ވެސް ފުލުހުން ވަނީ ބަލާފާސްކޮށްފަ އެވެ.

މި އޮޕަރޭޝަންތަކާ ގުޅޭ ތަފްސީލީ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close