ޚަބަރު

ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ސަރުކާރު ޒިންމާދާރު ކުރުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވަމުންދާތީ ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅުން ހުށަހެޅި މައްސަލަ މަޖްލީހުން ބޭރުކޮށްލައިފިއެވެ.  

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފައިވަނީ މެމްބަރުންގެ ތާއީދު ނުލިބިގެންނެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އިތުރަށް ބަލި ފެތުރެމުންދާތީ ވަސީލަތްތައް ގާއިމްކޮށް އަދި އީޖާބީ މަސައްކަތްތައް ހަލުއި ކުުރުމަށް ސަރުކާރަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް.ޝަރީފް ހުށަހެޅުއްވި މައްސަލައަށް ވޯޓު ދެއްވީ، 12 މެމްބަރުންނެވެ. އަދި 18 މެމްބަރަކު ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އެހެންކަމުން އެމައްސަލަ ފާހެއް ނުވިއެވެ.

އަތޮޅުތަކުން ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ލިބުމުގައި ގޮން ޖެހުންތައް ހުރުމާއެކު ނަތީޖާ ނުލިބި އެތައް ދުވަހަކު މަޑުކުރަން ޖެހޭ ކަމަށާއި ސިއްހީ ދާއިރާގެ މަގަތު ސަފުގައި މަސައްކަތް ކުރާ މީހުން ވަރުބަލިވެ ފަރުވާ ދިނުން ލަސްވާ ހާލަަތަށް ދިއުމުގެ ކަންބޮޑުވުން ފަންނީ ފަރާތްތަކުން ހާމަކުރަމުން އަންނަ ކަމަށް މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް ޖެހިފައިވާ ބަލި މީހުންނަށް ފަރުވާ ދޭން އިތުރު ވަސީލަތްތައް ގާއިމްކޮށް އިންސާނީ ވަސީލަތްތައް ގާއިމްކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި މަސައްކަތް ހަަލުއިކޮށް މިހާރަށް ވުރެ ރަނގަޅަށް ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ ބަލި ވަރަށް ބޮޑަށް ފެތުރެމުން އަންނައިރު، ވަސީލަތްތައް ގާއިމު ކުރުމަށާއި އީޖާބީ މަސައްކަތްތައް ހަލުވި ކުރުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

މި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައި ވާއިރު، މިއަދު މިހާތަނަށް ވަނީ ކޮވިޑް ބަލީގައި 6 މީހަކު ނިޔާވެފައެވެ. އަދި ރާއްޖޭގެ ކޮވިޑްގެ ހާލަތު މިވަނީ ބޮއްސުންލައިގެން ގޮސްފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރާއި އެޗްޕީއޭއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close