ކުޅިވަރު

ލެސްޓާ އަތުން ޗެލްސީ މޮޅުވުމުން ގަދަ 4 ގެ ވާދަވެރިކަން ބޮޑުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅެވުނު މެޗުން ލެސްޓާ ސިޓީ އަތުން ޗެލްސީ މޮޅުވުމުން ލީގުގެ 4 އަށް އެރުމަށްޓަކައި ޓީމުތަކުން ކުރަމުން އަންނަ މަސައްކަތްތައް މިވަނީ އިހުނަށްވުރެ ފޯރިގަދަ ވެފައެވެ.

މިވަގުތަށް ޕްރިމިއާ ލީގުގެ ޓޭބަލަށް ބަލާއިރު ލީގުގެ އެއް ވަނައިގައި ޗެމްޕިއަންކަން ކަށަވަރުކޮށްފައި އޮތް މެންޗެސްޓާ ސިޓީ އަށް 37 މެޗުން ވަނީ 83 ޕޮއިންޓް ލިބިފައއެވެ. އެއީ ރޭ އެޓީމު ކުޅުނު މެޗު  ބްރައިޓަން އަތުން 3-2 އިން ބަލިވުމުންނެވެ. ޓޭބަލުގެ 2 ވަނާގައި އޮތީ 37 މެޗުން 71 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ޔުނައިޓެޑް އެވެ. ރޭގެ މެޗުން ލެސްޓާ ސިޓީ ބަލިވުމުން ޔުނައިޓެޑަށް ވަނީ ލީގުގެ 2 ވަނަ ކަށަވަރުވެފަ އެވެ. ޔުނައިޓެޑް ރޭ ކުޅުނު މެޗުވަނީ ފުލަމް އާއި ބައްދަލުކޮށް 1-1 އިން އެއްވަރުވެފަ އެވެ.

މިހެންކަމާއިއެކު މިހާރު ލީގުގެ ގަދަ ހަތަރެއްގެ ފަހު 2 ޖާގައަށް ވާދަކުރަމުން އަންނަނީ 37 މެޗުން 67 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ޗެލްސީ އާއި، ރޭ ޗެލްސީ އަތުން ބަލިވެ 4 ވަނައަށް ވެއްޓުނު ލެސްޓާ ސިޓީ އާއި އަދި މިވަގުތު 5 ވަނާގައި އޮތް ލިވަޕޫލެވެ.  މިވަގުތު ލެސްޓާ ސިޓީއަށް 37 މެޗުން 66 ޕޮއިންޓް ލިބިފައިވާ އިރު ލިވަޕޫލަށްވަނީ 36 މެޗުން 63 ޕޮއިންޓް ލިބިފައެވެ. މިހެންކަމާއިއެކު މިރޭ ކުޅޭ މެޗުން ލިވަޕޫލުން ބާންލީ ބަލިކޮށްފިނަމަ ލީގުގެ ގަދަ 4 އަށް އެރޭނެ އެވެ. އެއީ ލެސްޓާ އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ލަނޑުގެ ތަފާތުންނެވެ.

ޗެލްސީ އަށާއި ލެސްޓާއަށް ދެން ލީގުގައި ބާކީ 1 މެޗު އޮތް އިރު ލިވަޕޫލަށް މިރޭ މެޗާއި އެކު 2 މެޗު އެބައޮތެވެ. ކޮންމެ ޓީމަކަށްވެސް ގަދަ 4 އަށް އެރުމަށްޓަކައި ކުރިއަށް ހުރި މެޗުތައް ކާމިޔާބުކުރަން ޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close