ޚަބަރު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދަނީ

ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މުޖުތަމަޢުގައި ނަފުރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހެދުމަށްޓަކައި ބިލެއް ފަރުމާކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ރައީސް އޮފީހަށް ފޮނުވައިފިކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަމަށްއިޝާރާތްކުރައްވާ އެއްޗެއް ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެޓްވީޓްގައި ރިފްޢަތު ވިދާޅުވީ ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ރަސްމީގެ ހަމަޖައްސައި، ޙިމާޔަތާއި ރައްކާތެރިކަން އިތުރުކުރަން ކަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ދެ ބިލެއް، މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާކަމަށެވެ.

ބަންޑާރަނައިބް މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު އެ ވިދާޅުވާ ނަފްރަތު އުފެއްދުމަކީ ކޮބައިކަމެއް ވިދާޅުވެފައެއް ނުވެއެވެ. އަދި އެކަމުގެ އިތުރު ތަފްސީލެއްވެސް ނުދެއްވަ އެވެ.

މި ދެ ބިލު ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް ބަންޑާރަނާއިބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އަށްފަހު، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ދެމުން ގެންދާ ހިމަޔާތާއި ރައްކާތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި، އެ ދެ ބޭފުޅުންނަށް ޚާއްސަ ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިރުޝާދު ދެއްވާފައި ވަނިކޮށެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލުމުގެ ނިޔަތުގައި ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާހޯއްދެއްވުމަށް އޭޑީކޭގައި 16 ގަޑިއިރު ގެ އޮޕަރޭޝަނަކަށް ފަހު މިހާރު ހުންނެވީ ޖަރުމަނު ވިލާތުގައެވެ. އެމަނިކުފަނާގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަކަމަށް ޢާއިލާއިން ބުނެއެވެ.

ޓެގް

ރިފްޢަތު އެޓަރނީޖެނެރަލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.