ޚަބަރު މާލޭގެ އާ މޭޔަރާއި ކައުންސިލަރުން ހުވާކޮށްފި

މާލޭގެ އާ މޭޔަރާއި ކައުންސިލަރުން ހުވާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް އިންތިހާބު ކޮށްފައިވާ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އެ ކައުންސިލްގެ ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން މަގާމުގެ ހުވާ މިއަދު ހުވާކުރައްވައިފި އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ ހުވާލައި ދެއްވި މި ރަސްމިއްޔާތުއޮީ އޮންލައިންކޮށެވެ.

އެ ރަސްމިއްޔާތުގައި، މޭޔަރުންނާއި ކައުންސިލަރުން ހުވާގައި ސޮއިކުރެއްވިއިރު މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ވެސް އިގްރާރުގައި ސޮއިކުރައްވައި، ސްކްރީނުން ދައްކާލައިފައިވެ އެވެ.

ހުވާގެ ރަސްމިއްޔާތުގެ ތެރެއިން، ނިމިދިޔަ ދައުރުގައި ސިޓީ ކައުންސިލަށް ކުރިމަތިވި ގޮންޖެހުންތަކާއި އެތަނުން ކުރި މަސައްކަތްތަކުގެ ވީޑިއޯ ރިޕޯޓެއް ވެސް ދައްކައިލި އެވެ.

ހުވާގެ ރަސްމިއްޔާތަށް ފަހު، ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ ބާއްވައިފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިތުރުން ރާއްޖޭގެ އެހެން ކައުންސިލްތަކުގެ ހުވާކުރުންވެސް މިއަދު ބޭއްވީ އޮންލައިންކޮށެވެ. ހަމައެކަނި ރަސްމިއްޔާތު ނުބޭއްވި ވަނީ ހައި ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ގއ. ކޮނޑޭ ކައުންސިލްގެ ރައީސް، ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް، ލ. މާބައިދޫ ކައުންސިލްގެ ރައީސް އަދި ތ. ކަނޑޫދޫ ކައުންސިލް މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އެވެ.

ޓެގް

މާލޭސިޓީ ކައުންސިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.