ކުޅިވަރު ޒިދާން ރެއާލް ދޫކޮށްލަނީ

ޒިދާން ރެއާލް ދޫކޮށްލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިވަގުތު ރެއާލް މެޑްރިޑްގެ ކޯޗްކަމުގެ މަޤާމުގައި ހުރި ޒިނެދިން ޒިދާން މިސީޒަން ނިމުމުން އެމަޤާމު ދޫކޮށްލަށް ނިންމާފައިވާކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯރޓްކޮށްފިއެވެ.

މިފަހަކަށް އައިސް ޓީމުގެ ބައެއް ސީނިއަރ ކުޅުންތެރިނާއިވެސް މައްސަލަޖެހިފައިވާ ކަމަށް އަޑުފެތުރިފައިވާ ޒިދާންގެ މި ނިންމުމާއި ބެހޭގޮތުން ކުޅިވަރުގެ ހަބަރުތައް ގެނެސްދޭ  ގޯލް. ކޮމް އިން ރިޕޯޓްކުރާގޮތުގައި ޒިދާން ވަނީ މި ސީޒަން ނިމުމުން ރެއާލް ދޫކޮށްލަން ނިންމާފައިވާކަން ރެއާލްގެ ކުޅުންތެރިންނަށް އަންގައިފަ އެވެ. ޒިދާން އެކަން ކުޅުންތެރިންނަށް އަންގާފައިވަނީ ސްޕެނިޝް ލީގުގައި ދާދި ފަހުން ސެވިއްޔާއާއި އެކު ކުޅުނު މެޗު އެއްވަރުވެގެން ނިމުމުންނެވެ.

މިއީ މިފަދަގޮތަށް ރެއާލް ދޫކޮށްލުމަށް ޒިދާން ނިންމި 2 ވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް ކުއްލިގޮތަކަށް ޒިދާންވަނީ ރެއާލްގެ ކޯޗުކަމުން ވަކިވެފައެވެ. ނަމަވެސް މަޤާމު ދޫކޮށްލިތާ އަހަރެއްވެސް ނުވަނީސް 2019 ވަނައަހަރު އަލުން އަބުރާ ޒިދާންވަނީ ރެއާލްގެ ކޯޗުކަމާއި ހަވާލުވެފައެވެ. މިފަހަރު ޒިދާން ހަވާލުވީ 2022 ވަނަ އަހަރާއި ހަމައަށް ރެއާލަށް ކޯޗުކޮށްދިނުމަށް އެއްބަސް ވުމަށްފަހުގައެވެ.

ދެވަނަފަހަރަށް ރެއާލް އާއި ހަވާލުވުމަށްފަހު ޒިދާންއަށް އެންމެ އެކަށޭނަ ރަނގަޅު ކާމިޔާބީތަކެއް ހޯދައި ނުދެވުނު ނަމަވެސް އޭނާ ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގު ރެއާލުއަށް ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ފަހަރަށް ޒިދާން ރެއާލް ދޫކޮށްލުމުގެ ފަހަތުގައިވަނީ ޔޫރަޕިއަން ސުޕަ ލީގުގައި ރެއާލް ދެމި އޮންނަން ނިންމި ނިންމުމާ މެދު ޒިދާން ހިތްހަމަ ނުޖެހޭތީކަމަށް ބޭރުގެ ރިޕޯރޓްތައް ބުނެއެވެ.

ޓެގް

ޒިދާން ރިއަލްމެޑްރިޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.