ޚަބަރު ސިފައިންނާއި، ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫއިން 7 މީހަކު ހައްޔަރުކޮށްފި

ސިފައިންނާއި، ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫއިން 7 މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިފައިންނާއި، ފުލުހުން ގުޅިގެން ، އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީ ޓެރަރިޒަމާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނާއި ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް ސަލާމަތީ ބާރުތަކުން އަދި ހާމަކޮށްފައެއްނުވެއެވެ.

މިމަހުގެ 6 ވަނަދުވަހު ނުރައްކާތެރި އެއްޗެއް ގޮއްވާލައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން ގެންދަނީ ހަތިޔާރާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ދަނިކޮށް ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ.

މި ހާދިސާއާއި ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސްވަނީ ޖަހާފައެވެ. ރޭޒާރ ފުއްތަކާއި އެހެނިހެން ނުރައްކާތެރި މައުދަންތައް ބޭނުންކޮށްގެން ގޮއްވާލި ބޮމަކީ ރާއްޖޭގައި މިހާތަނަށް ހިނގި މިފަދަަ ހާދިސާތަކުގައި ގޮއްވާލި އެންމެ ނުރައްކާތެރި އެތިކަން ސަލާމަތީ ބާރުތަކުން ވިދާޅުވެއެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާއަށް މިދިޔަ ފިތުރު އީދުދުވަހު ވަނީ ޖަރުމަނަށް ފުރާވަޑައިގެންފައެވެ.

ޓެގް

ރައީސްނަޝީދަށްދިންހަމަލާ ޓެރަރިޒަމް އެމްއެންޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.