ކުޅިވަރު

ލީގު ހޯދުމުގެ ފުރުޞަތު ރެއާލްއަށް ބޮޑުވެއްޖެ

ސްޕެނިސްލީގުގެ ނަތީޖާ ކަނޑައަޅާމެޗުގެ ގޮތުގައި ފާހަގަކުރެވުނު މެޗުގައި ތާވަލުގެ 1 ވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑާއި 2 ވަނައިގައި އޮތް ބާސެލޯނާ ރޭ ކުޅުނު މެޗުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ން އެއްވަރުވުމުން ލީގުގެ 3 ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލީގު ހޯދުމުގެ ފުރުޞަތު ބޮޑުވެއްޖެއެވެ.

ސްޕެނިސް ލީގުގެ 1 ވަނަ މަޤާމުގައި އެތުލެޓިކޯ މެޑްރިޑް މި ވަގުތު އޮތީ 35 މެޗުން 77 ޕޮއިންޓާ އެކު އެވެ. 2 ވަނަ މަޤާމުގައި އޮތް ބާސެލޯނާ އަށް 35 މެޗުން ވަނީ 75 ޕޮއިންޓް ލިބިފަ އެވެ. އަދި 3 ވަނަމަޤާމުގައި ރެއާލް އޮތީ 34 މެޗުން 74 ޕޮއިންޓާއި އެކުގައެވެ. އަދި ގަދަ 4ގައި އޮތް ސެވިއްޔާ އަށް 34 މެޗުން ވަނީ 70 ޕޮއިންޓް ލިބިފަ އެވެ.

ސްޕެނިސް ލީގުގައި މިރޭ ކުޅެވޭ މެޗުގައި ބައްދަލުކުރާނީވެސް 3 ވަނާގައި އޮތް ރެއާލް އާއި 4 ވަނާގައި އޮތް ސެވިއްޔާއެވެ. މި މެޗުން ރިއާލް މޮޅުވެއްޖެނަމަ އެތުލެޓިކޯ އާއި ޕޮއިންޓްގެ ގޮތުން ހަމަ ހަމަވެ ހެޑް ޓު ހެޑްގެ ޤަވާޢިދުން ތާވަލުގެ 1 ވަނަ ލިބޭނެއެވެ. އަދި ލީގުގައި ކޮންމެ ޓީމަކަށް 3 މެޗު ބާކީ އޮތް އިރު މި 3 މެޗް ކާމިޔާބުކޮށްގެން ރެއާލުއަށް މިފަހަރުގެ ލީގުތަށިވެސް ހޯދުމުގެ ފުރުޞަތު ތަނަވަސްވީއެވެ.

ރޭގެ މެޗުން ބާސާ އެއްވަރުވުމުން މިފަހަރުގެ ލީގުވެސް ގެއްލުމުގެ ފުރުޞަތު ބޮޑުވީއެވެ. އެންމެ ފަހުވަގުތު އެތުލެތިކޯ އާއި ބާސާ ޕޮއިންޓްގެ ގޮތުން އެއްވަރުވެއްޖެ ނަމަ ބަލާނީ ހެޑް ޓު ހެޑުގެ ޤަވާއިދަށެވެ. މި ޤަވާއިދަށް ބަލާއިރު ލީގުގެ ކުރީކޮޅު އެތުލެޓިކޯ އަތުން ބާސާ ބަލިވުމުން   ހެޑް ޓު ހެޑުގެ ކުރިލިބޭނީ އެތުލެޓިކޯއަށެވެ.

ސްޕެނިސް ލީގު ހޯދުމުގެ ރޭހުގައި މިވަގުތު އަމިއްލަ ބާރުގައި ލީގު ހޯދުމުގެ ފުރުޞަތު އޮތް ހަމައެކަނި ޓީމަކީ ރިއަލްމެޑްރިޑެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close