ޚަބަރު

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފި

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބުރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިވަގުތު ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން އަންނަނީ އަލިކިލެގެފާނު މަގުގައި ހުރި ގެއެއްގައި ހަރަކާތްތެރި ވަމުންނެވެ. އެގޭގެ ތެރެއިންވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އެއީ އަންހެނެއްކަމަށް ފިރިހެނެއްކަމެއްވެސް ނޭންގެއެވެ. އަދި އިތުރު އެއްވެސް މައުލޫމާތެއް ނުލިބެއެވެ.

ފުލުހުން ބުނެފައިވަނީ ހަމަލާއާ ގުޅިގެން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ޓްވީޓްގައި ބުނެފައިވަނީ މިކަމާ ގުޅޭ އިތުރު ތަފްސީލުތައް މިއަދު މެންދުރުފަހު 3:50 ގައި ބާއްވާ ޕްރެސްގައި ހާމަކުރާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close