ކުޅިވަރު އެންމެ ކާމިޔާބު ރެއާލް ބަލިކޮށް ޗެލްސީ ފައިނަލަށް

އެންމެ ކާމިޔާބު ރެއާލް ބަލިކޮށް ޗެލްސީ ފައިނަލަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރޭކުޅެވުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ ސްޕެއިންގެ ރެއާލް މެޑްރިޑް ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގައިނގިރޭސި ވިލާތުގެ  ޗެލްސީ އިން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުގެ ޖާގަ ޗެލްސީ ހޯދީ ސެމީފައިނަލުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑް 2-0 ގެ ނަތީޖާއަކުން ބަލިކޮށް 3-1 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. އެއީ މެދެޓީމު ފުރަތަމަ ލެގުގައި ރިއަލްގެ ދަނޑުގައި ބައްދަލުކުރި މެޗު 1-1 ން އެއްވަރުވެފައި ވުމުންނެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅެވުނު މެޗުގައި ޗެލްސީގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ މެޗުގެ  28 ވަނަ މިނިޓްގައި ޓިމޯ ވާނާގެ ފަރާތުންނެވެ. މި ގޯލަކީ  މެދުތެރެއިން އެންގޯލޯ ކާންޓޭ ހޯދި ބޯޅައެއްގައި ކައި ހަވާޓްޒް އޭރިއާތެރެއިން ފޮނުވާލި ބޯޅައެއް ރިއާލުގެ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ވާނާ އަށް ލިބުމުން ބޮލުން ޖަހާ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ޗެލްސީ އަށް ކަށަވަރުކޮށްދިން ގޯލު ޖެހީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް މައުންޓް އެވެ. މި ގޯލުގައިވެސް ރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި  ކާންޓޭ މުހިއްމު ދައުރެއް އަދާކުރި އެވެ. މިގޯލަކީވެސް ކްރިސްޓިއަން ޕުލިސިޗް އަށް ކާންޓޭ ދިން ބޯޅައެއް އޭރިއާތެރެގައި ހިފަހައްޓާލުމަށް ފަހު ރަނގަޅު ވަގުތުގައި މައުންޓަށް ޖައްސާލުމުން މޭސަން މައުންޓް ކާމިޔާބުކޮށްދިން ގޯލެކެވެ.

މުޅި މެޗަށްބަލާ އިރު ރެއާލްއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނު އިރު ޗެލްސީ އިންވަނީ ފުލުފުލުގައި ރެއާލްގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ. ރޭގެ މިނަތީޖާ އާއިއެކު މިމަހުގެ 29 ވަނަ ދުވަހު ތުރުކީގެ އިސްތަމްބޫލުގައި ކުޅެވޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ އިނގިރޭސި ދެ ޓީމުކަމަށްވާ މެންޗެސްޓާރ ސިޓީ އާއި ޗެލްސީއެވެ.

ޓެގް

ރިއަލްމެޑްރިޑް ޗެލްސީ ޗެމްޕިއަންސްލިގް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.