ޚަބަރު ޢަލީ ރަމީޒް އިސްލާމިކް މިނިސްޓަރަށް – ތިޔަހެން އަބަދު މީހުންނަށް އޮޅުވައި ނުލެވޭނެކަން ދަންނަން ޖެހޭނެ

ޢަލީ ރަމީޒް އިސްލާމިކް މިނިސްޓަރަށް – ތިޔަހެން އަބަދު މީހުންނަށް އޮޅުވައި ނުލެވޭނެކަން ދަންނަން ޖެހޭނެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ތިޔަހެން އަބަދު މީހުންނަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވައި ނުލެވޭނެކަން ދަންނަން ޖެހޭނެކަމަށް ދީނީ ދަޢުވަތު ދިނުމުގައި އިސްކޮށް ޙަރަކާތްތެރިވަމުން އަންނަ ޢަލީ ރަމީޒު ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރަށް ރައްދުވާ ގޮތަށް ޢަލީ މިއަދު ކުރެއްވި ޓްވީޓްގައި ވަނީ އިސްލާމިކް މިނިސްޓްރީގެ ޓްވީޓެއް އެޓޭޗް ކުރައްވާފައެވެ.

އަލީ ގެ އެރައްދަކީ ސަލަފް ޖަމިއްޔާއަށް ދަރުސް ދިނުމުގެ ހުއްދަ ނުދެވި ވަނީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށް މިނިސްޓްރީން ބުނުމާ ގުޅިގެން ދިންރައްދެއްކަމަށް ބެލެވެއެވެ.

އަލީ މިމޭރުމުން ޓްވީޓް ކުރެއްވިއިރު މިއަހަރުގެ ރަމަޟާން މަހުވެސް ޞަލަފް ޖަމުޢިއްޔާއަށް ދަރުސް ދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީންވަނީ ބުނެފައެވެ. ނަމަވެސް ސަލަފް ޖަމިއްޔާއިން ތުހުމަތު ކުރާގޮތުގައި އެއީ ކަނޑައެޅިގެން ދޮގެކެވެ. ކުރިން ހުއްދަނުދީ ހިފެހެއްޓުމަށްފަހު ފަހުން އެހުއްދަދިނީ މީސްމިޑިއާގެ ޕްރެޝަރުގައި ކަމަށެވެ.

އަލީ ކުރެއްވި އެހެން ޓްވީޓެއްގައިވަނީ ދަޢުވަތު ފޯރުކޮށްދިނުމުގެ މައިދާނުގައި މިހާ ދަތި އުނދަގޫ ދުވަސްވަރެއް ކުރިމަތިވެފައި ނުވާކަމަށެވެ.  އަލީ ރަމީޒް ވިދާޅުވެފައި ވަނީ މިއަހަރު މިސްކިތްތަކުގައި ދަރުސް ދިނުމުގެ ހުއްދައަށް އެދުމުން މިނިސްޓްރީން އެކަމަށް ޖަވާބެއް ދީފައި ނުވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ، ޖަމިއްޔަތުއްސަލަފުގެ ދަރުސް ކުރިޔަށް ގެންދިއުމުގެ ހުއްދަދޭން މިނިސްޓްރީން ވަނީ ސިޓީ ލިބުމާއެކު ނިންމާފައި ކަމަށެވެ. އަދި ޞަލަފް ޖަމިއްޔާއަށް ޖަވާބު ދިނުމުގައި ލަސްވެފައިވަނީ އިދާރީ އޮޅުމަކުން ކަމަށާއި، އެކަން އެނގުމާއިއެކު ދަރުސްތައް ކުރިޔައް ގެންދިއުމުގެ ހުއްދަވަނީ ދީފައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަމައެއާއެކު ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތައް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތްތައް ކުރިޔަށްގެންދިއުމުގެ ފުރުސަތު ހުރިހާފަރާތްތަކަށްވެސް ފަހިވެފައި އޮންނާނެ ކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓެގް

ޢަލީރަމީޒް އިސްލާމިކް މިނިސްޓަރ ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.