ޚަބަރު

ދިރާގު ޓީވީ ޚިދުމަތް ރ.އަލިފުށީގައި ރަސްމީކޮށް އިފްތިތާހްކޮށްފި

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް ރ.އަލިފުށީގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ރ.އަލިފުށީގައި ދިރާގު ޓީވީ ތަޢާރަފުކޮށްފައިވަނީ ދާދިފަހުން ސިނަމާޗީގެ މުޅިން އާ ފިލްމް ޗެނަލްތަކަކާއެކު ގޯލްޑް ޕެކެއް ތައާރަފުކޮށްވާ ދަނޑިވަޅެއްގައެވެ. 100  އަށްވުރެ ގިނަ ކޮލިޓީ ޗެނަލްތައް  އެންމެ 450ރ. އަށް ދިރާގުޓީވީގެ ގޯލްޑް ޕެކް މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕެކުގައި ހިމެނޭ ސިނެމާޗީ ޗެނަލްތަކުގެ ތެރޭގައި ސިނެމާޗީ އެކްޝަން، ސިނެމާޗީ ރޮމޭންސް، ސިނެމާޗީ ކޮމެޑީ، ސިނެމާޗީ ޑްރާމާ އަދި ސިނެމާޗީ ކްރައިމް ހިމެނޭނެއެވެ. އަދި މި ޗެނަލްތައް ދިރާގުޕްލޭ އެޕްގެ ޕްލޭމޯ ޕެކޭޖު މެދުވެރިކޮށްވެސް ފެނިގެންދާނެއެވެ.

މީގެ އިތުރުން، ދިރާގު ކަސްޓަމަރުންނަށް ވަރަށް ޙާއްސް ޕޮރޮމޯޝަންއެއްވެސް 31 މޭ 2021 ގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ. އެގޮތުން މިހާރު ކުރިއަށްދާ ޚާއްސަ ޕޮރޮމޯޝަންގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ.  

މި ޕްރޮމޯޝަންގެ މުއްދަތުތެރޭ ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށް ޙާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަރުވެސްވަނީ ހުޅުވާލާފައެވެ. މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެއެވެ.  

ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި ގޮތުގައި ދިރާގުން މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ބަޔަކަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީ ޗެނަލްތައް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށެވެ. އަޅުގަނޑުމެން އުންމީދު މިކުރަނީ ރ.އަލިފުށީގައި ދިރިއުޅޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމެއެ ގެނެސްދީ ދިރާގުޓީވީ މެދުވެރިކޮށް މުނިފޫހިފިލުވުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭގެންދާނެކަމަށެވެ.

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި މައްޝޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯރޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯރކް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %77 ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށެވެ.

ދިރާގު ޓީވީއާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް  https://bit.ly/3sTbwiM

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close