ޚަބަރު ޢަލީ ރަމީޒުގެ ތާއީދުވެސް މުއިއްޒުއަށް

ޢަލީ ރަމީޒުގެ ތާއީދުވެސް މުއިއްޒުއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒުގެ ތާއިދުވެސް އޮތީ ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އަށްކަމަށް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން މުއިއްޒު މޭޔަރުކަމަށް ހޮވަން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ތާއީދުކުރާކަން ހާމަކޮށްފައެވެ.

މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް އޭނާއަށް ތާއީދު ކުރައްވާތީ ގައުމު އެ މީހަކަށްޓަކައި ފަހުރުވެރިވާ އަދި ދެވަނައެއް ނުވާ ދަގަނޑޭ އަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އަލީ ރަމީޒުގެ ތާއީދުވެސް އޭނާއަށް ކުރައްވަން ނިންމެވި ކަމަށްޓަކައި ދިވެހި ރައްޔިތުންގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާ އަލީ ރަމީޒަށް މުއިއްޒު ވަނީ ހިތުގެ އިހްލާސްތެރި ޝުކުރު ދަންނަވާފައެވެ.

ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރު ކަމަށް ތިން ބޭފުޅަކު ވާދަކުރައްވައެވެ. އެއީ މުއިއްޒުގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރާއި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އަލްހާން ފަހްމީއެވެ.

ޓެގް

ޑރ.މުއިއްޒު ޢަލީރަމީޒް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.