ޚަބަރު

ޔުވެންޓަސް ބަލިވެ ލީގުހޯދުމާއި ދުރަށް

ވޭތުވެދިޔަ ސީޒަންގައި އިޓަލީއަށް ލީގު ކާމިޔާބުކޮށްފައިވާ ޔުވެންޓަސް ރޭކުޅުނު މެޗުން ބަލިވެ އިޓަލިއަން ލީގު ހޯދުމުގެ ރޭހުގައި 1 ފިޔަވަޅު ފަހތަށް ޖެހިލައިފިއެވެ. 

ރޭގެ މެޗުގައި ޔުވެންޓަސް ބައްދަލުކޮށްފައިވަނީ ލީގުގެ 16 ވަނަގައި އޮތް ބެނެވެންޓޯ އާއިއެވެ. މި މެޗުން ޔުވެންޓަސް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ބެނެވެންޓޯއިން ޑިފެންސިވް މޮޅުކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް މި މެޗުގައި ޔުވެންޓަސްއަށް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ބެނެވެންޓޯ ކުޅުނު 11 މެޗުގައިވެސް އެޓީމަށް މޮޅެއް ލިބިފައި ނުވާއިރު މިއީ މިދިޔަ ޑިސެމްބަރުގެ ފަހުން އަމިއްލަ ދަނޑުގައި ޔުވެންޓަސް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ލީގުގައި ޔުވެންޓަސް އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައިވެއެވެ. ޔުވެންޓަސްގެ މި ބައްޔާއެކު ތާވަލުގެ އެއްވަނައިގައިވާ އިންޓަމިލާނާއި ތިންވަނައިގައި އޮތް ޔުވެންޓަސްއާއި ދެމެދު އޮތް ޕޮއިންޓުގެ ފަރަގު މިވަނީ 10 ޕޮއިންޓަށް ފުޅާވެފައެވެ.

ރޭގެ މެޗުގައި ބެނެވެންޓޯ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 69 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޑޮލްފޯ ގައިޗް އެވެ.

ރޭގެ މި ބައްޔަކީ ޔުވެންޓަސްގެ ކޯޗު ޕިރްލޯއަށް ކުރިމަތިލާން ޖެހޭ އިތުރު ޕްރެޝަރެކެވެ. ޗެމްޕިއަންސް ލީގުން ކެޓުމާއެކު މި މެޗުން ބަލިވެ ލީގު ހޯދުމުގެ އުއްމީދު ގެއްލެމުންދާއިރު، ގިނަ ބައެއްގެ ފާޑުކިޔުން މިހާރުވެސް އެ ޓީމަށް އަމާޒުވެއެވެ. އަދި މިހާރު މިވަނީ ޔުވެންޓަސްގެ ކޯޗުކަމުން ޕިރްލޯ ވަކިވުމުގެ އަޑުގަދަވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close