ޚަބަރު ފުލުހުންގެ ބޯޑަށް ޢާއްމުންގެ ތެރެއިން ކުރިމަތިލުމަށް ހުޅުވާލައިފި

ފުލުހުންގެ ބޯޑަށް ޢާއްމުންގެ ތެރެއިން ކުރިމަތިލުމަށް ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާ ބޯޑުގެ މެންބަރުކަމަށް ޢާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރު ކަމަށް ކުރިމަތިލުމަށް ހުލުވާލައިފިއެވެ.  ފުލުހުންގެ ބޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.

ޕޮލިސް ބޯޑަށް އާންމު ރައްޔިތުންގެ ތެރެއިން މަޖިލީހުން ދެ މެންބަރަކު އައްޔަން ކުރަންޖެހެއެވެ. އިއްޔެ މަޖިލީހުން ވަނީ ފުލުހުންގެ ބޯޑަށް އާންމުންގެ ތެރެއިން ހާމިދު ޢަބްދުލްޣަފޫރު އައްޔަންކުރުމަށް ފާސްކޮށްފައެވެ.

ފުލުހުންގެ ބޯޑަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެފަރާތުގެ ވަނަވަރާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، ލިބިފައިވާ މަސައްކަތު ތަޖުރިބާގެ މައުލޫމާތު ހިމެނޭ ލިޔުމަކާއި އަދި މަގާމަށް އެދޭ އެޕްލިކޭޝަން ފޯމާއި، ކުށުގެ ރެކޯޑު ފޯމާއެކު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށައަޅަން ޖެހެއެވެ.

މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުގައިވަނީ ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައެވެ. އެ ޤާނޫނުގައި ވަނީ، ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެކަމަށެވެ.

“ޕޮލިސް ބޯޑު”ގެ ނަމުގައި އެކުލަވާލާ އެބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

ޓެގް

މޯލްޑިވްސް ޕޮލިސް ސާވިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.