ޚަބަރު މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ، ސިޓީ ކައުންސިލުން ބައްދަލުކުރަނީ

މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ، ސިޓީ ކައުންސިލުން ބައްދަލުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ، މާލެ ސިޓީ ކައުންސިލްގެ ފަރާތުން ޒޫމް މެދުވެރިކޮށް ބައްދަލުކުރަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ، މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ފެބްރުވަރީ މަހު ބޭއްވުމަށް ޤާނޫނުން ލާޒިމް ކުރާ ބައްދަލުވުން ކޮވިޑް 19 ގެ ޙާލަތާ ގުޅިގެން އެއްތަނަކަށް އެއްވެ މި ބައްދަލުވުން ބޭއްވޭގޮތް ވަނީ ނުވެފައި ކަމަށެވެ.

އެހެން ނަމަވެސް ކޮވިޑް 19 ގެ މި ޙާލަތުގައި ޒޫމް މެދުވެރިކޮށް 2021 މާރިޗް 08 ވަނަ ދުވަހު ހަވީރު 4:00ގައި ރައްޔިތުންނާ ބައްދަލު ކުރުމަށް ހަމަޖެހިފައި ވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

އަދި މިބައްދަލުވުން ޕަބްލިކް ސަރވިސް މީޑިއާއިންނާއި ފޭސްބުކު ޕޭޖުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޒޫމް މެދުވެރިކޮށް ބައިވެރި ވެވޭނެ ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ.

މިބައްދަލުވުމުގެ ލިންކް ތިރީގައި އެވަނީއެވެ.

https://zoom.us/j/91216011193?pwd=YzV1MUNCYkkySlVzdi90NERFSjVJQT09

ޓެގް

މާލޭސިޓީ ސިޓީކައުންސިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.