ޚަބަރު ހެކިން ހާޒިރު ނުކުރެވިގެން ނަދީމްގެ ޝަރީއަތް މިއަދުވެސް ކެންސަލްކޮށްފި

ހެކިން ހާޒިރު ނުކުރެވިގެން ނަދީމްގެ ޝަރީއަތް މިއަދުވެސް ކެންސަލްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލައިގެ އަޑުއެހުން މިއަދުވެސް ކެންސަލްކޮށްފި އެވެ.
މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުން ހުށަހެޅި ހެކިން މިއަދުވެސް ކޯޓަށް ހާޒިރު ނުކުރެވިގެނެވެ.
ޓާމިނަލް ކެފޭ ތެރޭގައި މަރާލި ނަދީމްގެ މަރާ ގުޅިގެން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލަދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެ އެވެ.

އެ މީހުންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު ހެނދުނު 10:00އަށް ތާވަލު ކުރި އެވެ. ނަމަވެސް، ދައުލަތުން ހުށަހެޅި ސިއްރު ހެކިން ހާޒިރު ނުކުރެވިގެން މިއަދުވެސް އަޑުއެހުން ކެންސަލްވީ އެވެ.

އެ މައްސަލައިގައި މިދިޔަ ހަފްތާގައި ބޭއްވި އަޑުއެހުންވެސް ކެންސަލްވީ އެވެ. އެ އަޑުއެހުންްވެސް ކެންސަލްވީ ދައުލަތުގެ ހެކިން ހާޒިރު ނުކުރެވިގެންނެވެ.

ހެކިން މިއަދުވެސް ހާޒިރު ކުރެވިފައި ނުވާއިރު، މިދިޔަ މަހު އެއް މައްސަލައިގެ އަޑުއެހުމެއްގައި ދައުލަތުގެ ހެކިވެރިންތަކެއް ދިން ހެކިބަހާ ގުޅިގެން، މާލޭގައި ސިލްސިލާ ގޭންގު މާރާމާރީތަކެއް ހިންގާފައިވެ އެވެ

ނަދީމްގެ މަރުގެ މައްސަލައިގައި ކުޑަކުއްޖަކަށްވެސް މީހަކު މަރާލުމުގައި ބައިވެރިވިވުމުގެ ދައުވާ ކުރި އެވެ. އެ މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.

ޓެގް

މާރާމާރީ މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.