ޚަބަރު

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ވަދެގެން ކޯސްޓް ގާޑުން އެހީވަނީ

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ވަދެގެން ޒަޚަމްވެފައިވާކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވައިފިއެވެ.

އެމްއެންޑީ އެފް އިން ބުނީ ކުޅުދުއްފުށީ ބޮއެކައިރިން މަސްވެރިކަން ކުރަންއުޅުނު ނިޢުމަތް ދޯނީގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިފައިވާ ކަމަށެވެ.

އޭނައަކީ ޢުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި،  ލޮލަށް ބުޅިއެއް ވަދެގެން ޒަޚަމްވެގެން ސިއްޙީ އަވަސް ފަރުވާއަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތްފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އަދި އޭނާ ކުޅުދުއްފުށްޓަށް ގެނައުމަށް އެހީވަނީ އެމްއެންޑީއެފް ނޮދަން އޭރިޔާގެ ކޯސްޓް ގާޑުން ކަމަށްވެސް އެމް އެން ޑީ އެފް އިން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close